ޓްރަމްޕގެ ގޯތި
ދުނިޔެ
23 Feb 2026 | 10:19
ޓްރަމްޕްގެ ގޭގެ ސަރަހައްދަށް ހަތިޔާރާއެކު ވަން މީހެއް ގަޔަށް ބަޑިޖަހައި މަރާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފްލޮރިޑާގައި ހުންނަ މާރް-އަ-ލާގޯ ގޯތީގެ ސަލާމަތީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަން ހަތިޔާރު އެޅި މީހަކު، އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުންނާއި ފުލުހުން ބަޑިޖަހައި މަރާލައިފިއެވެ.

ސީކްރެޓް ސާވިސްގެ ތަރުޖަމާނު އެންތަނީ ގުގްލިއެލްމީ ބުނި ގޮތުގައި، އާދީއްތަ ދުވަހުގެ ދަންވަރު 1:30 އެހާއިރު ހިނގި މި ހާދިސާގައި މަރުވި މީހާގެ އަތުގައި ބަޑިއަކާއި ފިއުލް ދަޅެއް އޮތެވެ. މި ހާދިސާ ހިނގި ވަގުތު ރައީސް ޓްރަމްޕް ހުރީ ވޮޝިންޓަން ޑީސީގައެވެ. އަދި ސީކްރެޓް ސާވިސްގެ ހިމާޔަތް ލިބޭ އެއްވެސް މީހަކު އެ ވަގުތު އެ ރިސޯޓުގައި ނެތް ކަމަށްވެސް އޭނާ ބުންޏެވެ.

ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މަރުވި މީހަކީ ނޯތު ކެރޮލައިނާއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އޮސްޓިން ޓަކަރ މާޓިން އެވެ. އޭނާ ގެއްލިގެން އުޅޭ ކަމަށް އޭނާގެ އާއިލާއިން ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ރިޕޯޓުކޮށްފައެވެ. ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އޭނާ ބަޑި ގަނެފައިވަނީ ފްލޮރިޑާއަށް ކުރި ދަތުރުގެ ތެރޭގައެވެ. އޭނާ ދުއްވި އުޅަނދުގެ ތެރެއިން ބަޑި އަޅާފައި ހުރި ފޮށި ފެނިފައިވީ ނަމަވެސް، މި އަމަލު ހިންގަން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ޕާމް ބީޗް ކައުންޓީގެ ޝެރިފް ރިކް ބްރެޑްޝޯ ބުނީ، މާޓިން އެ ރިސޯޓުގެ އުތުރު ގޭޓުން ވަދެފައިވަނީ އެތަނުން އެހެން އުޅަނދެއް ނުކުތް ވަގުތު ބަލާފައެވެ. އެތަނުން އޭނާއާ ކުރިމަތިލީ ސީކްރެޓް ސާވިސްގެ ދެ އެޖެންޓުންނާއި ޝެރިފްގެ ޑެޕިއުޓީއެކެވެ. އޭނާ އަތުގައި އޮތް ފިއުލް ދަޅު ބޭއްވުމަށްފަހު، ބަޑި ނަގައި "ޝޫޓިންގ ޕޮޒިޝަން" އަށް ގެނައުމުން ސަލާމަތީ ބާރުތަކުން ބަޑިޖެހީ ކަމަށް ބްރެޑްޝޯ ބުންޏެވެ. އޭނާ މަރުވެފައިވަނީ ހާދިސާ ހިނގި ތަނަށެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލީން ލީވީޓް ބުނީ، ރައީސް ޓްރަމްޕްގެ ގެކޮޅަށް ވަދެގަތް ހަތިޔާރު އެޅި ނުރައްކާތެރި މީހާ ހުއްޓުވުމަށް ސީކްރެޓް ސާވިސްއިން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެފް.ބީ.އައި ގެ ޑައިރެކްޓަރު ކޭޝް ޕަޓޭލް ބުނީ، މި މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުންދާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މާޓިންގެ އާއިލާއަށް ވަނީ ހައިރާންކަން ލިބިފައެވެ. އޭނާގެ ދެބެންގެދެދަރި ކޮއްކޮ، ބްރޭޑަން ފީލްޑްސް ބުނި ގޮތުގައި މާޓިންއަކީ ވަރަށް މަޑުމައިތިރި، ބަޑި ދެކެ ބިރުގަންނަ މީހެކެވެ. އަދި އޭނާގެ މުޅި އާއިލާއަކީވެސް ރައީސް ޓްރަމްޕަށް ވަރަށް ބޮޑަށް ތާއީދުކުރާ ބައެއް ކަމަށް ފީލްޑްސް ބުންޏެވެ.

ފަހަކަށް އައިސް ރައީސް ޓްރަމްޕް މަރާލުމަށް އެކި ފަހަރުމަތިން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ޕެންސިލްވޭނިއާގެ ރޭލީއެއްގައި ދިން ބަޑީގެ ހަމަލާއާއި، ވެސްޓް ޕާމް ބީޗްގެ ގޯލްފް ކްލަބުގައި ދޭން އުޅުނު ހަމަލާ ފާހަގަކޮށްލެވެއެވެ. ގޯލްފް ކްލަބުގައި ހަމަލާދޭން އުޅުނު ރަޔަން ރައުތު މިހާރު ވަނީ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.