ނަމާލް ރާޖަޕަކްސާ
ދުނިޔެ
23 Feb 2026 | 14:13
ކެމްބްރިޖު އަދި އޮކްސްފޯޑް ޔޫނިއަންގައި ތަޤުރީރުކުރަން ފުރުސަތު ނުދިނުމުން ނާމާލްގެ ބަހުގެ ހަމަލާތަކެއް

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔޫނިއަން އަދި ކޭމްބްރިޖް ޔޫނިއަންގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނިކޮށް، އެ ހަރަކާތްތައް ކެންސަލްކުރުމާ ގުޅިގެން ސްރީލަންކާގެ ޕޮޑުޖަނާ ޕެރަމުނާ (އެސް.އެލް.ޕީ.ޕީ) ގެ މަޖިލިސް މެންބަރު ނާމާލް ރާޖަޕަކްސަ ފާޑުވިދާޅުވެއްޖެއެވެ.

ނަމާލް ތަގުރީރުކިރެއްވުން ކެންސަލްކޮށްފައިވަނީ އިނގިރޭސިވިލާތުގައި އުޅޭ ތަމަޅަ ދަރިވަރުންގެ ޖަމިއްޔާތަކާއި ކެމްޕޭން ގްރޫޕްތަކުން ކުރިމަތިކުރި ފިއްތުންތަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާމާލް ވިދާޅުވީ، އޮކްސްފޯޑް އަދި ކޭމްބްރިޖް ޔޫނިއަންއަކީ ޒަމާނުއްސުރެ މިނިވަންކަމާއެކު ޚިޔާލުތައް ބަދަލުކުރުމާއި، ވަރުގަދަ ބަހުސްތައް ކުރިއަށް ގެންދިޔުމުގައި ނަމޫނާ ދައްކަމުން އައި ތަންތަން ކަމަށެވެ. އަދި އެފަދަ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް ބޮޑަށް އުންމީދުކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާމާލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ މާހައުލުތަކުގައި ވާހަކަދައްކާ ފަރާތްތަކަށް އުނދަގޫ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، ތަފާތު މައުޟޫތަކަށް ބަހުސްކޮށް އަމިއްލަ ނަޒަރިއްޔާތު ދިފާޢުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ނަމަވެސް، ރޭވިގެން ކުރިމަތިކުރި ފިއްތުންތަކެއްގެ ސަބަބުން މި ހަރަކާތްތައް ކުރިއަށް ނުގެންދެވޭ ގޮތްވުމަކީ ވަރަށް ބޮޑު ހިތާމައެއް،" ނާމާލް ލިޔުއްވާފައިވެއެވެ.

ޔުނިވާސިޓީތަކާއި ބަހުސްކުރާ މަޖިލިސްތަކަކީ ތަފާތު ޚިޔާލުތަކާ މެދު ބަހުސްކޮށްގެން ހައްލު ހޯދާ ތަންތަން ކަމަށާއި، ބިރުދެއްކުމުގެ ސަބަބުން އަޑުތައް ކަނޑުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާއާ ދެކޮޅު ފަރާތްތަކާ ސީދާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވަމުން ނާމާލް ވިދާޅުވީ، މާނަހުރި ސުލްހަވެރިކަމާއި ކުރިއެރުން ލިބޭނީ ހުޅުވާލެވިފައިވާ މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އަދި ބަހުސް ކުރުމުގެ ބަދަލުގައި ބައިބައިވުން އިސްކުރުމަކީ ޑިމޮކްރަސީ ބަލިކަށިވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޮކްސްފޯޑް ޔޫނިއަންގައި ނާމާލް ތަޤުރީރު ކުރެއްވުމަށް ތާވަލުކޮށްފައި އޮތީ މި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހަށެވެ. ނަމަވެސް އެ ހަރަކާތް ވަނީ ކެންސަލްކޮށްފައެވެ.

ނާމާލް ވަނީ ދެ ޔޫނިއަނުން އޭނާއަށް ދެއްވި ދައުވަތަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައި މިނިވަންކަމާއެކު މަޝްވަރާކުރެވޭނެ ފުރުސަތެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.