ޝަހީދު ހުސައިން އާދަމް ބިލްޑިންގ-- ފޮޓޯ/ ވޮއިސް
ހަބަރު
24 Feb 2026 | 11:16
ރޯދައިގެ 4 އަދި 5 ވަނަ ދުވަހު އެކަނިވެސް 100،000 އަށް ވުރެ ގިނަ ރުފިޔާގެ ވައްކަން

ރަމަޟާންމަހުގެ 4 ވަނަ ދުވަހާއި 5 ވަނަ ދުވަހުގެ 48 ގަޑިއިރުގެ ތެރޭގައި 1 ލައްކައަށް ވުރެ ގިނަ ރުފިޔާ ވައްކަން ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. 

ފުލުހުން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 11 އަދި 22 ވަނަ ދުވަހު ފޭރުމާއި ވައްކަމުގެ ގޮތުގައި 138،932 ރުފިޔާ ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން، 138،552 ރުފިޔާގެ ވައްކަން ރިޕޯޓުކޮށްފައިވަނީ މާފަންނުންނެވެ. އަދި ހެންވޭރުން 380 ރުފިޔާގެ ވައްކަން ރިޕޯޓުކޮށްފައިވާއިރު، ގަލޮޅުން  ވައްކަމުގެ މައްސަލައެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އެ މުއްދަތުގައި ކުރި ވައްކަންތަކުން އަނބުރާ ހޯދުނު ފައިސާގެ އަދަދުތަކަށް ބަލާއިރު، މާފަންނުން 34،720 ރުފިޔާ، ގަލޮޅުން 365،099 ރުފިޔާ އަދި ހެންވޭރުން 65،000 ރުފިޔާ ވަނީ ހޯދާފައެވެ.

ފުލުހުންގެ މި ޕޯސްޓުގައިވާ އިތުރު މައުލޫމާތުުތަކަށް ބަލާއިރު މާފަންނުން 777، ގަލޮޅުން 738 އަދި ހެންވޭރުން 752 ތަނެއް ބަލާފާސްކޮށްފައިވެއެވެ. އަދި އެ 48 ގަޑިއިރުތެރޭގައި މާފަނުން 2 މީހަކާއި، ހެންވޭރުން 1 މީހަކު އަދި ގަލޮޅުން 3 މީހަކު ހައްޔަރުވެސް ކޮށްފައިވެއެވެ. 

އެ ދެދުވަހު ފުލުހުން ޕެޓްރޯލް ކުރި ވަގުތުތަކަށް ބަލާއިރު އެންމެ ގިނަ ވަގުތު ޕެޓްރޯލުކޮށްފައިވަނީ ގަލޮޅުގައެވެ. އެގޮތުން 40 ގަޑިއިރަށްވުރެ ގިނަ ވަގުތު އެ ސަރަހައްދުގައި ފައިމަގުގައި ފުލުހުން ޕެޓްރޯލުކޮށްފައިވާއިރު، އެއާ ޖެހިގެން މާފަންނުގައި 26 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަނީ ޕެޓްރޯލްކޮށްފައެވެ. ހެންވޭރުގައި ޕެޓްރޯލުކޮށްފައިވަނީ 22 ގަޑިއިރެވެ. 

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން އަންނަނީ ކެނޑިނޭޅި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ވައްކަމުގެ މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުން މުދަލާއި ފައިސާއަށް ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ