އެކްސިޑެންޓުވެފައިވާ މަންޒަރެއް--
ހަބަރު
24 Feb 2026 | 11:30
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 41 އެކްސިޑެންޓު

މާލެއާއި، ސިނަމާލެ ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަޙައްދުގައި މިދިޔަ ހަފްތާގެ ތެރޭގައި ވެސް ޖުމްލަ 41 އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 11 އެކްސިޑެންޓު ވަނީ ހިނގާފައެވެ. މީގެ އިތުރުން 15 ފެބުރުއަރީގައި 8 އެކްސިޑެންޓު، މަހުގެ 16 ވަނަ ދުވަހު 6 އެކްސިޑެންޓު، 17 ވަނަ ދުވަހު ވެސް 6 އެކްސިޑެންޓު، 18 ވަނަ ދުވަހު 2، 19 ވަނަ ދުވަހު 6 އަދި 20 ވަނަ ދުވަހު 2 އެކްސިޑެންޓު ވަނީ ހިނގާފައެވެ.

މި އެކްސިޑެންޓުތަކުގެ ތަފްސީލަށް ބަލާއިރު، ގިނަ ހާދިސާތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެގޮތުން 33 އެކްސިޑެންޓެއް (80 އިންސައްތަ) ދުވާލު ހިނގާފައިވާއިރު، ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވަނީ 8 އެކްސިޑެންޓެވެ. އެއީ ޖުމްލަ ހާދިސާތަކުގެ 20 އިންސައްތައެވެ. މި ހާދިސާތަކުގައި ޖުމްލަ 45 އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، 11 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ހަފްތާގައި ހިނގި އެކްސިޑެންޓުތަކުގެ ތެރޭގައި ހިމެނެނީ ކުދި 38 އެކްސިޑެންޓާއި ސީރިއަސް 3 އެކްސިޑެންޓެވެ.

މި ހިސާބުތަކުގައި ވާގޮތުން، އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން، މާލޭގައި 36 އެކްސިޑެންޓު ހިނގާފައިވާއިރު، ސިނަމާލެ ބްރިޖާއި ހައިވޭގައި ހިނގާފައިވަނީ 12 އެކްސިޑެންޓެވެ.

މި އެކްސިޑެންޓުތަކުގައި އެންމެ ގިނައިން ހިމެނެނީ ސައިކަލުތަކެވެ. އެގޮތުން ސައިކަލަކާއި ކާރެއް ޖެހިގެން 9 އެކްސިދެންޓު އަދި ސައިކަލާއި ސައިކަލެއް ޖެހިގެން 8 އެކްސިޑެންޓު ވަނީ ހިނގާފައެވެ.

މިމަހުގެ ދެވަނަ ހަފްތާގައިވެސް 43 އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެހެންކަމިން މިދިޔަ ހަފްތާގައި ހިނގާފައިވަނީ މިމަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު ދަށް އަދަދެއްގެ އެކްސިޑެންޓުތަކެކެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ދުއްވާއިރު ސަމާލުކަން އިތުރުކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ