ރައީސް ނަޝީދު... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
25 Feb 2026 | 16:06
ރާއްޖެއަށް ރަނގަޅު ގޮތަކީ ޑޮލަރު ރޭޓް ފްލޯޓްކޮށް ދޫކޮށްލުން: ރައީސް ނަޝީދު

ރާއްޖެއަށް އެންމެ ރަނގަޅުވާނީ އެމެރިކާ ޑޮލަރު ރޭޓް ކަނޑައަޅަން ބާޒާރުގެ އަގަށް ދޫކޮށްލުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބާޒާރުގައި ޑޮލަރުގެ އަގުހުރިގޮތާ ގުޅޭގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ފައިސާގެ އަގުދަށްކޮށް، ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ބަދަލުކުރިނަމަވެސް އެ ރޭޓްގައި ބޭންކުތަކުން ޑޮލަރު ނުލިބޭނަމަ ކަޅުބާޒާރުގައި ޑޮލަރު ގަދައަށް ހިނގާނޭކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ރަނގަޅު ގޮތަކީ ޑޮލަރު ގަނެވިއްކާ ރޭޓް މުޅިން ފްލޯޓްކޮށް ދޫކޮށްލުން ކަމަށެވެ. އެގޮތުން ޑޮލަރުގެ ހަމަ އަގަކީ ބާޒާރުގެ ތަބީއަތުން ކަނޑައެޅޭ ހަމަ އަގަށް ހެދުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވެސް އެމަނިކްފާނުގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ފަހުގެ ތާރީހެއްގައި ޑޮލަރު ގަނެވިއްކާ ރަސްމީ ރޭޓަށް އެންމެ ފުރަތަމަ ބަދަލުގެނެސްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ފުރަތަމަ ހަފްތާގައެވެ. އޭރު ޑޮލަރުގެ ރަސްމީ ރޭޓް ކަމަށްވާ 12.80 ގައި ހުރި އަގު ވަނީ 15.42 އާއި 10.28 އާ ދެމެދުގެ އަގަކަށް ދޫކޮށްލާފައެވެ. 

އޭގެ ފަހުން ޑޮލަރު ރޭޓް 18 އަށް އަރައިގެން ގޮސް، ޑޮލަރު ލިބުމުގެ ދަތިކަން ދެމިއޮތްއިރު، ބޭރުފައިސާގެ މުއާމަލާތްތައް ހަރުދަނާ ސިޔާސަތެއްގެ ދަށުން ކުރިއަށް ގެންދިއުމަށް އެންމެބޮޑު ފިޔަވަޅެއް އަޅާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. 

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ހައްލު ހޯދުމަށް އެމްއެމްއޭއިން މިދިޔަ އަހަރު ވަނީ ބޭރު ފައިސާގެ ގާނޫނެއް ވުޖޫދަށް ގެނެސް އެއަށް އަމަލުކުރަން ފަށާފައެވެ. އެ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުން ލާޒިމުކޮށް އެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ވަނީ ލާޒިމްކޮށްފައެވެ.

ބޭރުފައިސާގެ ޤާނޫނަށް ގެނައި ބަދަލުތައް ތަންފީޒުކުރަން ފެށުމާއެކު މިހާރު ބޭންކުތަކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވަމުން އަންނަކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

އެގޮތުން ބީއެމްއެލުން ވަނީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުގެ ލިމިޓްތައް މިފަހަކުން އިތުރުވެސްކޮށްފައެވެ. ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭރުގައި ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް 1،000 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައިވާއިރު، ދަތުރުފަތުރުގެ އަދި ސިއްހީ ބޭނުންތަކަށް ކެޑޭ ލިމިޓް މަހަކަށް 3،000 ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ.'

މީގެ އިތުރުން ބީއެމްއެލްއިން ވަނީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި އެ ބޭންކުގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓްތައްވެސް އިތުރުކޮށްފައެވެ. 'ކްލެސިކް' ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 750 ޑޮލަރުން 1,400 ޑޮލަރަށް އިތުރުކޮށްފައިވާއިރު، 'ގޯލްޑް' ކާޑުތަކުގެ ލިމިޓް 750 ޑޮލަރުން 1,500 ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އަދި 'ޕްލެޓިނަމް' ކާޑުތަކުގެ ލިމިޓް ވަނީ 1,500 ޑޮލަރުން 3,000 ޑޮލަރަށް އިތުރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.