އަހުމަދު ނިމާލް
ހަބަރު
26 Feb 2026 | 08:27
ކުޅަދާނަ ޑައިރެކްޓަރު އަދި އެކްޓަރު އަހުމަދު ނިމާލް ނިޔާވެއްޖެ

ސްޓްރޯކެއް ޖެހި ސީރިއަސް ހާލަތެއްގައި އޮތް ކުޅަދާނަ ޑައިރެކްޓަރު އަދި އެކްޓަރު އަހުމަދު ނިމާލް ނިޔާވެއްޖެއެވެ.

ނިމާލް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ. 

ނިމާލަށް ސްޓްރޯކެއް ޖެހުނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ. ސައިކަލުގައި ދަނިކޮށް އުނދަގޫތަކެއް ވާތީ މަޑުކޮށްލިތަނާ ވެއްޓުނީ އެވެ. ނިމާލް, އޭޑީކޭއަށް ގެންދިޔައީ ފުލުހުންނެވެ. އޭޑީކޭގައި ފަރުވާ ދިން ނަމަވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރީ ޖެހިގެން އައި ދުވަހު އެވެ.

ނިމާލަކީ ދިވެހި ސިނަމާއިން ފެނުނު އެންމެ މޮޅު އެއް އެކްޓަރެވެ. ނިމާލް ފިލްމީ ދާއިރާއަށް ނިކުތީ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އޭނާ އެންމެބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ ޓީވީއެމްއިން ގެނެސްދިން ސަޅިބައިސާއިންނެވެ. ނިމާލްގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ "ސިޓީ" އެވެ. ދިވެހިންގެ ތެރޭގައި ވަރަށްބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔަ އެ ފިލްމް ލިޔެ ޑައިރެކްޓް ކޮށްފައި ވަނީވެސް ނިމާލެވެ.

އޭގެ އިތުރުންވެސް ނިމާލް ވަނީ ފިލްމީ ދާއިރާގައި އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައިވެސް ކާމިޔާބު އެތައް މަސައްކަތްތަކެއް ކޮށްފައެވެ. ނިމާލްގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އޭނާއަށް ހިތްވަރުދިނުމުގެ އިނާމްވެސް ދީފައެވެ.

ނިމާލްގެ ކަށުނަމާދު ކުރުމަށް ނިންމާފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު، އާސަހަރާ މިސްކިތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.