ނަރެންދްރަ މޯދީ، އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ތަގްރީރުކުރައްވަނީ.. ފޮޓޯ: އިސްރާއީލް ޓައިމްސް
ދުނިޔެ
26 Feb 2026 | 10:50
އިންޑިއާ ދެމިއޮންނާނީ ޔަހޫދީ ދައުލަތާއެކު: މޯދީ

އިންޑިއާއިން އޮތީ ސާބިތުކަމާއެކު ޔަހޫދީ ދައުލަތާ އެކުގައިކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އިސްރާއީލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް، ކްނެސެޓްގައި ތަގްރީރުކުރައްވަމުން މޯދީ ވިދާޅުވީ، ހައްދުފަހަނަ އަޅާފައިވާ ފިކުރުތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި އިސްރާއީލާއެކު އިންޑިއާ އަބަދުވެސް ވާނޭކަމަށެވެ. މޯދީ ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް އިންޑިއާއިން ގަބޫލުކުރާ ކަމަށާއި، އެ ހާދިސާގައި މަރުވެދިޔަ އެންމެންނަށާއި ގެއްލުން ލިބުނު މީހުންނަށް އިންޑިއާއިން ތައުޒިޔާކިޔާ ކަމަށެވެ.

ޓެރަރިޒަމް ނައްތާލުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މޯދީވަނީ ކުރިއަށް އޮތްތަނުގައި ދެ ޤައުމުން ގުޅިގެން އީޖާބީ ގޮތެއްގައި މަސައްކަތް ކުރަމުންދާނޭކަމަށެވެ. 

މޯދީގެ ތަގުރީރުގައި ވަނީ ޣައްޒާ އާރާސްތުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމް އިސްނަންގަވައިގެން ކުރިއަށްގެންދާ ޣައްޒާ ބިނާކުރުމުގެ ޕްރޮގްރާމަށްވެސް އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށް ވިދާޅުވެފައެވެ. އަދި ޓްރަމްޕްގެ އެ ނިންމުމަކީ މުޅި އެ ސަރަހައްދުގެ ސުލްހައަށް ލިބިގެންދާނޭ ވަރަށް މުހިންމު ޕްރޮގްރާމަކަށްވެސް ވެގެންދާނޭކަމަށް މޯދީ ވަނީ ފާހަގަކުރައްވާފައެވެ.

މޯދީ އިސްރާއީލަށް މި ކުރެއްވި ޒިޔާރަތަކީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، އިސްރާއީލާ އިންޑިއާ އާ ދެމެދު އެކި ދާއިރާތަކުން ވަނީ އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.