މޯދީއަށް މެޑަލް އަރުވަނީ... ފޮޓޯ: އިސްރާއީލް ޓައިމްސް
ދުނިޔެ
26 Feb 2026 | 13:46
އިސްރާއީލްގެ އެންމެ ޤަދަރުވެރި މެޑަލް މޯދީއަށް އަރުވައިފި

އިސްރާއީލްގެ އެންމެ ޤަދަރުވެރި މެޑަލް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރޭ އަރުވައިފިއެވެ.

އިސްރާއީލްގެ އެންމެ ޝަރަފްވެރި މި މެޑަލް މޯދީއަށް އަރުވާފައިވަނީ، މޯދީ އިސްރާއީލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ. މިއީ ޔަހޫދީ ދައުލަތަށް މޯދީ ކުރައްވަމުންގެންދަވާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެރުވި މެޑައްޔެކެވެ.

މި ރަސްމިއްޔާތުގައި މޯދީ ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި ތަގްރީރުކުރައްވާފައެވެ. މޯދީ ވަނީ ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއިން އިސްރާއީލްގެ ދައުލަތާއެކު ވީހާލެއްގައި ވާނޭކަމުގެ ޔަގީންކަންދެއްވާފައެވެ. މޯދީގެ ތަގުރީރުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާ ކުށްވެރިކޮށް، އެޤައުމާއެކު އޮތްކަމަށް ވަނީ ފާަހގަކުރައްވާފައެވެ.

މޯދީ އިސްރާއީލަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަރަށް މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާަކަމަށް އިސްރާއީލްގެ ނޫސްތަކުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ހަތިޔާރާ އަދި ޓެކްނޮލޮޖީ ބަދަލުކުރުމާ ގުޅޭ އެއްބަސްވުންކަމަށް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
އަތަފަަނި
ދެން ތި ދަރަޖަ ލިބޭނީ މުއިއްޒައް މޯދީ މުއިއްޒު އާއި ނަތަންތަން ޔާހޫ ރާއްޖެ އަށް ގެނެސް ދީން ހިމާޔަށް ލުރާ ނަމުގާބައްދަލް ކުރަމާ ހިނގާ.
26 Feb 2026
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.