"ދިވެހީންގެ ރާއްޖެ" ތަރާވީސް ގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ހަބަރު
27 Feb 2026 | 00:03
ވައުދުތައް ފުއްދަން ފަސޭހަކުރަން "ދޫންޏަށް" ވޯޓް ދެއްވަން ރައީސް އެދިވަޑައިގެންފި

ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދީ އިންތިހާބުކޮށްދީފިނަމަ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ރާއްޖެ" ތަރާވީސް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރު މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ ގިނަ ކަންކަން ނުކުރެވޭ ކަމަށެވެ. އެމަނިކުފާނުގެ މޭޔަރު ކަމުގައި ސްޓެރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައްވާ ތަންފީޒު ކުރައްވަން ފެއްޓެވި ކަމަށާ ނަމަވެސް މިދިޔަ ދެ އަހަރު އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ހުރިހާ ކަމެއް ހުރީ ހުއްޓިފައި ކަމުގައި ވިދާޅުވި އެވެ.

އެހެންް ކަމުން އެކަން އެގޮތުގައި އޮތުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރަށް އެއްބާރުލުންދީ ކަންކަަން ކުރެވޭނެ ކައުންސިލެއް އިންތިހާބުކޮށް ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން ކެނޑިޑޭޓުންގެ ނަމާއި ނަަންބަރު ކޮންމެހެން ބައްލަވާނެ ކަމެއް ނެތް. ދޫނި ފެނުނީމަ ވޯޓް ދިނީމަ ހުންނާނީ ރަނގަޅަށް," ރައީސް ވިދާޅުވި އެވެ.

"ދިވެހީންގެ ރާއްޖެ" ތަރާވީސް

ރައީސް ތަކުރާރުކުރައްވާ ވިދާޅުވީ އެމަނިކުފާނާއި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމަކީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރެއާއި ދުވާލު ނަތީޖާ ނެރެދިނުމުގައި ކަމަށާ އެހެން ކަމުން ނަތީޖާ ނެރެދިނުމުގައި ހުރަހަކަށް ވާނެ ކައުންސިލްތައް އިންތިހާބު ނުކުރުމަށް އެދިވަޑައިގަތެވެ.

"ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މޭޔަރަކަށް ހޮވައިދިނުމަކީ ކައުންސިލެއް ހޮވައިދިނުމަކީ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ކޮމެޓީއެއް ހޮވައިދިނުމަކީ އަޅުގަނޑު މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދޭ އެދުމެއް," އެގޮތަށް ރައްޔިތުން ނިންމަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މާލެ ސިޓީގެ އިތުރުން އެހެނިހެނން ސިޓީތަކުންނާއި ރަށްރަށުން ވެސް އެގޮތަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.