ވީއައިއޭގައި ޕާކްކޮށްފައިވާ ބޯޓުތަކެއް... ފޮޓޯ: އެމްއޭސީއެލް
ހަބަރު
01 Mar 2026 | 14:19
މެންދުރު ފަހާއި މިރޭވެސް ގިނަ އަދަދެއްގެ ފްލައިޓް ކެންސަލް

ގަލްފް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން މެދުއިރުމަތިން މިއަދުވެސް ރާއްޖެ އަންނަން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެއްޖެއެވެ.

މެދުއިރުމަތިން މިއަދު ރާއްޖެ އަންނަން އޮތް 14 ފްލައިޓެއް ކެންސަލްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ޑިލޭވެފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ފްލައިޓް ޝެޑިއުލަށް ބަލާއިރު، މެންދުރުފަހާއި މިރޭ މެދުއިރުމަތިން އަންނަން އޮތް 9 ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން ހަތަރު ފްލައިޓެއް ވަނީ ޑިލޭވެފައެވެ. 

ގަލްފް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރަންޖެހުނީ، އެމެރިކާ އަދި އިސްރާއީލް ގުޅިގެން އިއްޔެ އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން އީރާނުން ޔޫއޭއީ، ބަހްރެއިން، އޮމާން، ޤަތަރު އަދި ސައުދީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާތައްދޭން ފެށުމުންނެވެ. އެއާއެކު އެޤައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށް އެއާޕޯޓްތަކުގެ ފްލައިޓް އޮޕަރޭޝަންތައްވެސް މެދުކަނޑާލާފައެވެ. 

މެދުއިރުމަތިން އަންނަ ފްލައިޓްތައް ކެންސަލްވެ ޔޫރަޕުން އަންނަ ފްލައިޓްތައް ޑިލޭވި ނަމަވެސް، ޔޫރަޕްގެ ޤައުމުތަކުން އަންނަ ޑައިރެކްޓް ފްލައިޓްތަކާއި، އޭޝިއާ އަދި އެނޫންވެސް ސަރަހައްދުތަކުން އަންނަ ފްލައިޓްތައް ޝެޑިއުލަށް އަންނަމުންދާކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލުން ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ ޤައުމުތަކަށް ކުރާ ދަތުރުތައް ހުއްޓާލުމާއެކު އިއްޔެ އާއި ރޭ ގިނަ އަދަދެއްގެ ދަތުރުވެރިން ވީއައިއޭގައި ނުފުރިފައި ތިބެންޖެހުނުއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ އެއާޕޯޓްގައި ތާށިވި ފަރާތްތަކަށް ބޭނުންވާނެ ކަންކަން ފަހިކޮށްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.