ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ޕީއެންސީ
ހަބަރު
01 Mar 2026 | 13:40
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެ ކަމެއް: ޝިޔާމް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ގޮތް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވޭނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ ގާތުން، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން ކަންކަން ކުރިއަށް ގެންދަވާ ބޭފުޅެއް ކަމަށެވެ.

އަދި ދިވެހިރާއްޖޭގައި ކަންކަން ހިންގަމުން އަންނަނީ ޑިމޮކްރަސީގެ ނިޒާމަށް ކަމަށާ، ރާއްޖޭގައި ކަންކަން ނިންމަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އެހެންކަމުން، އެންމެ މުހިންމު ކަމަކީ ނިންމާ ނިންމުންތަކުގައި ގިނަ ރައްޔިތުން ޝާމިލްވުން ކަމަށް އޭނާ ވިދާޅުވިއެވެ. 

މިއާއެކު ޝިޔާމް ވަނީ، އިންތިޚާބު ތަކުގެ ތަފާސް ހިސާބުތަކަށް އަލި އަޅުވާލައްވަމުން، ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތަށްވުރެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް ކުޑަވާކަން ފާހަގަކުރައްވާފައެވެ.

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިއްޖެ ކަމަށްވާނަމަ ރައްޔިތުންގެ ބައިވެރިވުނާއެކީގައި އިންތިޚާބުގެ ކަންކަން އެ ނިމިގެން ދަނީ. އެހެންވެއްޖެ ކަމަށްވަންޏާމުން އަޅުގަނޑުމެން ޑިމޮކްރަސީ ހަރުދަނާ ކުރަން އުޅޭ ބައެއް ކަަމަށް ވަންޏާމުން އެކަމަށް ވަރަށް ބޮޑަށް އެބަ ބާރުލިބޭ.

މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް 

ޝިޔާމް އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ ވެރިކަމުގައި، ތިން އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވައި ވާހަކަދައްކަވާފައިވާ ކަމަށެެވެ. އޭގެ ސަބަބެއް ކަމުގައި އެމަނިކުފާނު އޭރު ފާހަގަކުރެއްވީ އިންތިޚާބުގެ ކަންކަމުގައި މީހުން ހަލަބޮލިވެ އުޅެންޖެހުމުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިވާތީ ކަމަށެވެ. 

ނަމަވެސް އަދުގެ ސަރުކާރުން އެކަން ކުރަން އުޅޭތީ އެމްޑީޕީގެ އެ ވިސްނުން މިއަދު ބަދަލުވެފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިޚާބުތައް އިތުރުވުމަކީ ދައުލަތުގެ ޚަރަދުތަކާއި، އަމިއްލަ ރައްޔިތުންގެ ޖީބުން ކުރަންޖެހޭ ޚަރަދުތައްވެސް އިތުރުވާކަމެއްކަން ތަފާސްހިސާބުތަކުގެ އަލީގައި ޝިޔާމް ވަނީ ހާމަކޮށްދެއްވާފައެވެ. 

ހަމައެހެންމެ އެއް އިންތިޚާބުގެ ތެރޭގައި ރައްޔުތުންގެ މެދުގައި އުފެދޭ ހަލަބޮލިކަން އަނެއް އިންތިޚާބަށް އަންނައިރުވެސް ނުލިފާ ކަމަށާ، އޭގެ ސަބަބުން ރަށުގެ އިޖުތިމާޢީ އަދި އިގްތިޞާދީ ތަރައްގީއަށް ކުރަން ހުންނަ ކަންކަމަށްވެސް ބުރޫ އަރާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

އަދި އިންތިޚާބު ތަކާ ދިމާކޮށް، އިދިކޮޅު ފަރާތްތަކުން ހަގީގަތާއި ޚިލާފް ވާހަކަތައްވެސް ފަތުރަމުންދާ ކަމަށާ އޭގެ ސަބަބުން ރާއްޖެއިން ބޭރުން ލިބެން ހުންނަ އިންވެސްޓްމަންޓްތަކަށްވެސް ހުރަސް އެޅޭކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.