ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް
ހަބަރު
01 Mar 2026 | 15:47
މި އަހަރު ހަތް ރިސޯޓް ހުޅުވާނެ، މި ދައުރުގައި 7،000 އެނދު އިތުރުވެއްޖެ

މި އަހަރުގެ ތެރޭގައި އިތުރު ހަތް ރިސޯޓް ހުޅުވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. ވަޒީރު ވިދާޅުވި ގޮތުގުގައި މިދިޔަ އަހަރު ފަތުރުވެރިކަމާއި ގުޅުންހުރި އެކި ވިޔަފާރިތަކަށް ވަނީ ގިނަ ހުއްދަތަކެއް ދޫކޮށްފަ އެވެ. އެގޮތުން 43 ރިސޯޓެއް ތަރައްގީކުރުމަށް ހުއްދަ ދީފައިވެ އެވެ. އަދި 280 ގެސްޓްހައުސް އަކށާއި 122 ޑައިވް ސެންޓަރަކަށް ވެސް ހުއްދަ ދޫކުރި އެވެ.

މީގެ އިތުރުން 14 ހޮޓަލަކަށްވެސް މިދިޔަ އަހަރު ވަނީ ލައިސަންސް ދޫކޮށްފަ އެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި މިވަގުތުވެސް 168 ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައިވެ އެވެ. އަދި މި އަހަރުގެ ތެރޭގައި ހަތް ރިސޯޓެއް ތަރައްގީކޮށް ހުޅުވޭނެ ކަމަށް ވަނީ ވިދާޅުވި އެވެ. މި ރިސޯޓްތަކުން އެކަނި ވެސް 1,000 ވުރެ ގިނަ އެނދުނު ފަތުރުވެރިކަމަށް އިތުރުވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި މިވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 7,000 ވުރެ ގިނަ އެނދު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ލިވްބޯޑްތަކާއި ހޮޓާތަކާއި ހޯމްސްޓޭފެ ގޮތުގައި ޖުމްލަ 7,195 އެނދު ނެރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.