އަލައިކާ އެލްޖީއޭއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން..
ހަބަރު
02 Mar 2026 | 07:38
ކައުންސިލާއެކު ޑަބްލިއުޑީސީގެ މަސައްކަތްތައް ބައްޓަންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އަލައިކާ އެލްޖީއޭއާއެކު މަޝްވަރާކޮށްފި

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ރައީސާ ކަމަށް، ޕީއެންސީގެ ފަރާތުން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން، ކައުންސިލްއާއެކު ކޮލަބޮރޭޓިވްކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތް ބައްޓަންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެލްޖީއޭގައެވެ.

މި ބައްދަލުވުމުގައި، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނާއި، އެލް.ޖީ.އޭގެ ސީއީއޯ މުޙައްމަދު ނިމާލު އަދި އެ އިދާރާގެ އިސްވެރިން ބައިވެރިވިއެވެ. ބައްދަލުވުމުގައި އެލް.ޖީ.އޭ އިންވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ.

އަލައިކާ އެލްޖީއޭއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން..

އަލައިކާ އަދުނާން އާއި އ.ތ.މ ކޮމިޓީއަށް ވާދަކުރައްވާ މެންބަރުންވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާއެކު، ކޮމިޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެތީ، ނަތީޖާ ޙާޞިލުކުރެވޭނެ ގޮތަށް، މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެކަށީގެންވާ ވަޞީލަތްތަކާއި ފަންނީ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކޮށްފައެވެ. މިގޮތުން، އ.ތ.މ ކޮމިޓީގެ ބަޖެޓް އެކުލަވާލުމާއި، ބަޖެޓް ހޯދުމުގައި، އެލް.ޖީ.އޭގެ ފަރާތުން އެހީތެރިކަން ލިބޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ކައުންސިލް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުކުރުމަށާއި، ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ އިސްލާހުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެލް.ޖީ.އޭއަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

އަލައިކާ އެލްޖީއޭއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން..

މި ބައްދަލުވުމުގައި އެލްޖީއޭއިން ވަނީ ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ އިސްލާހުތަކާއެކު، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްޢޫލިއްޔަތްތަކަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކުރައްވާނެކަމަށް ބުނެފައެވެ. އަދި ކައުންސިލްތަކާއި، ކޮމިޓީތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެލް.ޖީ.އޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.