ރައީސް ޑރ. މުހައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Mar 2026 | 10:44
މިއަދު ސުކޫކް ދައްކަން ޖެހުނަސް ދެއްކޭ ވަރަށް ފައިސާ އެބަހުރި: ރައީސް މުޢިއްޒު

ރާއްޖެއިން މިއަހަރު ދައްކަންޖެހޭ ދަރަނި 500 މިލިއަން ޑޮލަރުގެ ސްކޫކް މިހާރު ދައްކަން ޖެހިއްޖެ ނަމަވެސް އެ ދެއްކޭ ވަރަށް ފައިސާ އެބަހުރި ކަމަށް ރައީސް މުހައްމަދު މުއިއްުޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ ސުކޫކް ޕޭމަންޓް ދެއްކުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ ރިޒާވްގައި މިހާރު ފައިސާ ހުރި އަދަދުތަކަށް ވަރަށް ތަފްސީލުކޮށް އަލިއަޅުވާލައްވާފައެވެ.

އެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި އަހަރު އޭޕްރީލް 8 ގައި ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކޭ މިންވަރަށް ފައިސާ ރައްކާ ކުރެވިފައިވާ ކަމަށެވެ. 

ކުރު ގޮތަކަށް ދަންނަވާލަންޏާ މިއަދު ސުކޫކް ޕޭ ކުރަންޖެހުނަސް ޕޭ ކުރެވޭ ވަރަށް ފައިސާ އެބަހުރި. މިއަދު މިހާރު ޕޭކުރަންޖެހުނަސް ޕޭ ކިރެވޭ ވަރަށް ފައިސާ އެބަހުރި. އާދެ 500 މިލިއަން ޑޮލަރުގެ ސުކޫކް 8 އޭޕްރީލް 2026 ގައި ސަރުކާރުން ދައްކަން ވާނީ ނިންމާފައި. އެއީ ދައްކަންޖެހޭ ދުވަސް. 

ރައީސް ޑރ. މުހައްމަދު މުޢިއްޒު

އެގޮތުން ރައީސް ވިދާޅުވީ، ސުކޫކް ދެއްކުމަށް 650 މިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ ރައްކާ ކުރެވިފައިވާ ކަމަށާ، އޭގެތެރެއިން 320 މިލިއަން ޑޮލަރަކީ އެސްޑީއެފްގައި ރައްކާކުރެވިފައިވާ ފައިސާ ކަމަށެެވެ. އަދި އަނެއް 330 މިލިއަން ޑޮލަރަކީ ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާ ކަމަށެވެ. 

ސުކޫކް ދެއްކުމަށް މިހާރު ރައްކާކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ. 500 މިލިއަން ދައްކާފައި ބާކީވެސް އެހެންވީމާ 150 މިލިއަން ޑޮލަރަށްވުރެ ގިނައިން ހުންނާނެ. މި 650 މިލިއަން ޑޮލަރުގެ ތެރެއިން 320 މިލިއަން ޑޮލަރު ސޮވެރެއިން ޑިވޮލަޕްމަންޓް ފަންޑުގައި އެބަހުރި ރޭގެ ނިޔަލަށް. ރޭގެ ނިޔަލަށް 320 މިލިއަން ޑޮލަރަށްވުރެ ގިނައިން ރައްކާކޮށްފިން. އަދި ޔުޒަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރަށްވުރެ ގިނައިން އެބަހުރި. އެހެންވީމާ ޖުމްލަ 650 މިލޮއަނަށްވުރެ ގިނަ ފައިސާ އެބަހުރި އަޅުގަނޑުމެން އަތުގައި

ރައީސް ޑރ. މުހައްމަދު މުޢިއްޒު

މީގެ އިތުރުން ރާއްޖޭގެ ތާރީޚްގައިވެސް ގްރޮސް ރިޒާވް މައްޗަށް ނުދާ ވަރަށް މިހާރު މައްޗަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 1.27 ބިލިއަން ޑޮލަރު ގްރޮސް ރިޒާވްގައި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން އިތުރު ފައިސާ ހޯދުމަށް ކިރާ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށާ އެކަންވެސް ވަރަށް ކާމިޔާބު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބޭރުގެ ދަރަނިތައް ދެއްކުމަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.