ޕޯސްޓަރު/ އެމްޑަބްލިޔުއެސްސީ
ހަބަރު
02 Mar 2026 | 11:31
އެމްޑަބްލިޔުއެސްސީގެ އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ބިލައް ފައިސާ ދައްކާއިލައިގެން ޢުމްރާ ދަތުރެއް

އެމް.ޑަބްލިޔު.އެސް.ސީގެ އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށް ޤަވާއިދުން ފެން ބިލަށް ފައިސާ ދައްކަވާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް، ކޮންމެ މަހަކު 3،000 ރުފިޔާ އަދި ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް "ހަދިޔާ ބަދިޔާ" ގެ ނަމުގައި އެމް.ޑަބްލިޔު.އެސް.ސީ އިންފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން މައުލޫމާތު ދޭގޮތުން މި ޕްރޮމޯޝަނުގެ މައިގަނޑު މަޤްސަދަކީ، އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރުންނަށް ފަހި ފުރުޞަތެއް ތަނަވަސް ކޮށްދިނުމާއި އެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމް.ޑަބްލިޔު.އެސް.ސީގެ އެޕް އަދި އީ-ޕޯޓަލް އަށް އަހުލުވެރިކޮށް، އެޕް އަދި އީ-ޕޯޓަލް ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުމެވެ.

އަދި ބިލްދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ޢާންމުނަށް ބާރުއެޅުމާއި، ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށްގެން ބިލްދައްކައިގެން ވަގުތު ސަލާމަތްކުރުމާއި، އެމް.ޑަބް.ލިޔު.އެސް.ސީގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމެވެ. 

މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 މާރިޗު 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށެވެ. މި މިޕްރޮމޯޝަންގައި ބައިވެރިވެވޭނީ ތިރީގައި ދަންނަވާފައިވާ ކަންތައްތައް ނުވަތަ ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންނަށެވެ.

1. އެމް.ޑަބްލިއު.އެސް.ސީ ގެ ޑޮމެސްޓިކް ކަސްޓަމަރުން

2. ޕްރޮމޯޝަން ގެ މުއްދަތުގެ ތެރޭގައި އެމް.ޑަބްލިއު.އެސް.ސީ ގެ އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން (ބިލަށް ފައިސާ ދައްކާ ފަރާތް)

3. ޕްރޮމޯޝަން ގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތައަދަދެއް  ނުދައްކައި ނެތް ކަސްޓަމަރުން.

މި ޕްރޮމޯޝަންގައި ޢުމްރާ ދަތުރަށް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް ޢިއުލާންކުރާ ތާރީޚުން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީއިން ދޭ މުއްދަތުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭނުންކުރަން ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ނަސީބުވެރިން ހޮވުމުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ގުރުއަތުލުން ކުރިއަށްދާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި ނަސީބުވެރިންގެ މައުލޫމާތު ރަސްމީކޮށް އިއުލާނުކުރުމުގެ އިތުރުން، އެ ފަރާތްތަކަށް ސީދާ ގުޅައިގެން އެކަން އަންގާނެ ކަމަށެވެ.

ގުރުއަތުން ހޮވުނު ފަރާތްތައް ރަސްމީކޮށް އިޢުލާނުކުރެވޭނީ އެމް.ޑަބްލިއު.އެސް.ސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި ކަސްޓަމަރުންނާ މަޢުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް ކަމަށާ، ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީޚް ކަސްޓަމަރުންނާއި ފަހުން ހިއްސާކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ޑިޖިޓަލްކޮށް ބިލްތަކަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން ތަޖުރިބާކުރައްވަމުން، މި ޕްރޮމޯޝަންގެ ދަށުން ހުށަހެޅިފައިވާ އަގުހުރި އިނާމުތައް ހޯދުމަށް އެމް.ޑަބްލިއު.އެސް.ސީ އެޕް މެދުވެރިކޮށް، މިފުރުޞަތުގެ ބޭނުން ހިފުމަށް ހުރިހާ ކަސްޓަމަރުންނަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. 

މިކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރަން ބޭނުން ނަމަ އެކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރުމުން އެހީތެރިކަން ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.