އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ދުނިޔެ
02 Mar 2026 | 12:44
އެމެރިކާއިން ހަމަލާ ދިނީ އީރާނުން އިސްވެ ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން ނޫންކަން ހާމަވެއްޖެ

އެމެރިކާއިން އީރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކުގެ ކުރިން، އީރާނުން އެމެރިކާގެ ސިފައިންނަށް އިސްވެ ހަމަލާދޭން އުޅޭކަމުގެ އެއްވެސް ޖާސޫސީ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ޓްރަމްޕް ސަރުކާރުގެ އޮފިޝަލުން އެއްބަސްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އާދީއްތަ ދުވަހު އެމެރިކާގެ ކޮންގްރެސްގެ މުވައްޒަފުންނާއެކު ބޭއްވި ސިއްރު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމާ ބެހޭ މައުލޫމާތު އެނގޭ ދެ ފަރާތަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، އީރާނުން އެމެރިކާގެ ސިފައިންނަށް ހަމަލާދޭން ރާވާފައިވާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ އެއްބަސްވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ވަނީ ފަހުގެ ތާރީޚެއްގައި އީރާނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލައި، އެގައުމުގެ ހަނގުރާމަމަތީ މަނަވަރުތައް ފައްތާލައި، މިހާތަނަށް 1،000 އަށްވުރެ ގިނަ އަމާޒުތަކަށް ވަނީ ހަމަލާދީފައެވެ.

ނަމަވެސް، އާދީއްތަ ދުވަހު ކޮންގްރެސްގައި ދެއްކި ވާހަކަތަކަކީ، މި ހަނގުރާމަ ފެށުމަށް އެމެރިކާ ސަރުކާރުން މީގެ ކުރިން ދެއްކި މައިގަނޑު ސަބަބާ ފުށުއަރާ ވާހަކަތަކެކެވެ.

އޭގެ އެއް ދުވަސް ކުރިން ސަރުކާރުގެ އިސް އޮފިޝަލުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަލާދޭން ނިންމީ އީރާނުން އެމެރިކާގެ ސިފައިންނަށް ކުއްލި ހަމަލާއެއް ދީފާނެ ކަމުގެ ނިޝާންތަކެއް ފެނުމުން، އެކަމުގެ ދިފާއުގައި ކަމަށެވެ. އަދި އެމެރިކާގެ ސިފައިންނަށް ހަމަލާތަކެއް އަންނަންދެން ބަލަން ޓްރަމްޕް ހުންނަން ބޭނުން ނުވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޑައިލަން ޖޯންސަން ބުނި ގޮތުގައި، ޕެންޓަގަންގެ އޮފިޝަލުން ވަނީ ސެނެޓާއި ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީތަކުގެ މުވައްޒަފުންނަށް 90 މިނެޓަށްވުރެ ގިނަ އިރު ވަންދެން މި ހަމަލާތަކާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ.

މި ބައްދަލުވުންތަކުގައި އޮފިޝަލުން ބުނެފައިވަނީ އީރާނުގެ ބެލިސްޓިކް މިސައިލްތަކާއި އެ ސަރަހައްދުގައި ތިބި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކަކީ އެމެރިކާގެ މަސްލަހަތުތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ނަމަވެސް، ތެހެރާނުން އެމެރިކާއަށް އިސްވެ ހަމަލާއެއް ދޭން އުޅޭކަމުގެ ސީދާ ޖާސޫސީ މައުލޫމާތެއް އޭރު ލިބިފައިނުވާ ކަމަށް އޮފިޝަލުން ވަނީ ތަކުރާރުކޮށްފައެވެ.

ރައީސް ޓްރަމްޕް ބުނި ގޮތުގައި، މި ހަމަލާތަކުގެ މަގްސަދަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުމާއި، އެގައުމުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމެވެ. މީގެ އިތުރުން، އީރާނުގެ ރައްޔިތުން ނުކުމެ އެގައުމުގެ ސަރުކާރު ވައްޓާލުމަށްވެސް ޓްރަމްޕް ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.