ސޯޝަލް ހައުސިންގެ ތެރެއިން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް --
ހަބަރު
02 Mar 2026 | 16:28
އިސްކަންދެވޭ ކެޓަގަރީތަކުގެ ޝަރުތުތަކަށް އިސްލާހީ ބަދަލުތަކެއް ގެނެސްފި

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ޝަރުތުތައް އިސްލާހުކޮށް އެކަން އިއުލާނުކޮށްފި އެެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ވަނީ ޝަރުތުތަކަށް ގެނައި ބަދަލުތައް އާންމުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ލިސްޓުގައި ހިމެނޭ އިދާރާތަކާއި މުއައްސަސާތަކުގެ ކެޓަގަރީތަކަށް އެދި ހުށަހަޅާ ފަރާތްތަކުން އުސޫލުގައިވާ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް އިސްލާހުކޮށްފައިވާ ކަމަށެވެ.

އެގޮތުން ވަޒީފާގެ މުއްދަތު ގުނުމުގައި ބަލާ މިންގަނޑާއި ފުލެޓު ލިބުމަށްފަހު ހިދުމަތްކުރުމަށް އެއްބަސްވާ ބަޔަށް ވަަނީ ބަަދަލު ގެނެސްގަ އެވެ.

ކުރީން އޮތް ގޮތުން ހާއްސަ ކެޓަގަރީއަށް ޝަރުތު ހަމަވުމަށްޓަކައި، އެ އިދާރާއެއްގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާން ޖެހެ އެވެ. ނަމަވެސް މިހާރު މި މުއްދަތު ވަނީ އެއް އަހަރު ދުވަހަށް ކުރުކޮށްފަ އެވެ. އެގޮތުން، ހާއްސަ އިސްކަންދެވޭ އިދާރާއެއްގައި މެދުނުކެނޑި ވޭތުވެދިޔަ އެއް އަހަރު ފުލް-ޓައިމް ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކަށް މިހާރު އެކެޓަގަރީން ފުލެޓަށް ކުރިމަތިލެވޭނެ އެވެ

މީގެ އިތުރުން ފުލެޓު ލިބޭ ފަރާތްތަކުން އެ އިދާރާއެއްގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކުރުމަށް އިގުރާރުވާން ޖެހޭ ގޮތަށް އޮތް ބައި ވެސް ވަނީ އިސްލާހުކޮށްފަ އެވެ. މިހާރު އޮތްގޮތުން ބޯހިޔާވަހިކަން ހަވާލުކުރާ ތާރީހުން ފެށިގެން، އެ އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާ އަދާކުރުމަށް އެއްބަސްވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދެވޭ ކެޓަގަރީގައި ހިމަނާފައިވާ އިދާރާތަކުގެ ލިސްޓަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ވެސް ވަނީ އިތުރުކޮށްފަ އެވެ. ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން ހާއްސަ އިސްކަންދެވޭ ކެޓަގަރީގައި ހިމަނާފައިވާ އިދާރާތަކުގެ ތެރެއިން ޖުޑިޝިއަރީގެ މުވައްޒަފުންނާއި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެމުވައްޒަފުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ކޮންމެ އިދާރާއަކަށް 100 ފްލެޓް ކަނޑައަޅާފައިވެ އެވެ.

އަދި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް 200 ފްލެޓް ކަނޑައަޅާފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ފޮރިން ސަރވިސް އަާއި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސާރވިސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނަރަލްގެ އޮފީހާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ އާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީހާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މުވައްޒިފުންނަށް 400 ފްލެޓް ކަނޑައަޅާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.