ޑިއޭގޯ ގާސިއާ.. ފޮޓޯ: ވިކި
ދުނިޔެ
02 Mar 2026 | 19:00
އީރާނަށް ހަމަލާދޭން ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ ދިނުން ލަސްވުމުން ޓްރަމްޕް ނުރުހިއްޖެ

އީރާނަށް ހަމަލާދޭން ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ ދިނުން ލަސްވުމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިނގިރޭސި ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޑެއިލީ ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ އިރާނުގެ އަމާޒުތަކަށް ހަމަލާ ދިނުމަށް ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދައަށް އެދުމުން އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ އެންމެ ފުރަތަމަ ދެކޮޅު ހެއްދެވިކަމަށެވެ. ނަމަވެސް ފަހުން އެކަމަށް އެއްބަސްވެ ވަޑައިގެން އީރާނަށް ހަމަލާދިނުމަށް އިޒުނަ ދެއްވިކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ، އާދިއްތަ ދުވަހު އިނގިރޭސިންގެ ފަރާތުން ހުއްދަ ލިބިފައިވާ ކަމަށާއި، މިހާރު އީރާނަށް ހަމަލާދިނުމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް އެމެރިކާއަށް ހުރަހެއްނެތްކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުން އެމެރިކާއަށް ޑިއޭގޯ ގާސިއާގެ މިލިޓަރީ ބޭސް ބޭނުންކުރުމަށް ދިން ހުއްދައިގެ އިންތައް ވަނީ ހަނިކޮށްފައެވެ. މިހާރު ހުއްދަ ދީފައިވާ ގޮތަށް ބަލާއިރު، އީރާނަށް ހަމަލާދިނުމަށް ބޭނުންކުރެވޭނީ ހަމައެކަނި މިސައިލް ފޮނުވާ ތަންތަނަށް އެކަންޏެވެ. ޑިއޭގޯ ގާސިއާ ދިނުން ލަސްވުމުން ޓްރަމްޕްގެ ނުރުހުން އަމާޒުވިނަމަވެސް އޭނާ ވިދާޅުވެފައިވަނީ، މިކަމުގައި އިނގިރޭސިން ފަސްޖެހުނު ސަބަބަކަށް ޤާނޫނީގޮތުން އެއީ ކުރެވިދާނެ ކަމެއް ނޫންކަން ހީވުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށެވެ.

އެމެރިކާއިން ވަނީ މީގެ ކުރިންވެސް އަސްކަރީ ކަންކަމުގައި ޑިއޭގޯ ގާސިއާ ބޭނުންކޮށްފައެވެ. މިފަހަރު އެތަނުން އީރާނަށް ހަމަލާދީނުމުގެ ހުއްދަ އިނގިރޭސިން ދީފައިވާއިރު، އީރާނުން ވަނީ ސައިޕްރަސްގައި ހުންނަ އިނގިރޭސިންގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ހަމަލާތައްދީފައެވެ. ބެލެވޭގޮތުގައި އެމެރިކާއިން އީރާނަށް ހަމަލާދިނުމުގައި ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ ދީފައިމިވަނީ އެހެންވުމުގެ ސަބަބުންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައެވެ. 

އީރާނަށް ހަމަލާދިނުމަށް ޑިއޭގޯ ގާސިއާ ދިން ނަމަވެސް އިނގިރޭސި ބޮޑުވަޒީރު ވަނީ އީރާނަށް ހަމަލާ ދިނުމަށް އަމަލީގޮތުން އިނގިރޭސިންގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.