ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ
ދުނިޔެ
03 Mar 2026 | 06:31
ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑްރޯން ހަމަލާއެއް ދީފި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް ދެ ޑްރޯން ހަމަލާއެއް ދީފި ކަމަށް ސައުދީ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ސައުދީ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި މި ހަމަލާ ދީފައިވަނީ ދެ ޑްރޯން ބޭނުންކޮށްގެންނެވެ. މި ހާދިސާގެ ސަބަބުން އެމްބަސީގެ އިމާރާތުގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގައި، އިމާރާތަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަމަލާ ދީފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. ހާދިސާ ހިނގި ވަގުތަކީ އެމްބަސީ ބަންދު ގަޑިއަކަށް ވުމުން، އެ ވަގުތު އިމާރާތުގައި މީހަކު ނެތުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މިކަމާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ދެއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ރިޔާޟްގެ ޑިޕްލޮމެޓިކް ކުއާޓަރ ސަރަހައްދުން ބާރުގަދަ ގޮވުމެއްގެ އަޑު އިވި، އެމްބަސީ ހުންނަ ސަރަހައްދުން ކަޅު ދުން އަރަމުންދާ މަންޒަރު ވަނީ ފެނިފައެވެ.

މި ހަމަލާއަކީ ފާއިތުވި ހޮނިހިރު ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާ އެމްބަސީން ވަނީ ރިޔާޟް، ޖިއްދާ އަދި ދަހްރާންގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް އަންގާފައެވެ. އަދި ވަކި ގޮތެއް އަންގަންދެން އެމްބަސީގެ ސަރަހައްދަށް ނުދިއުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.