ބައިނަލްއަގުވާމީ ބަހުގެ ދުވަސް ފާހަގަކުރުން: ފޮޓޯ/ އެމްއެންޔޫ
ހަބަރު
03 Mar 2026 | 10:02
ބަންގްލަދޭޝް ހައިކޮމިޝަނާއި އެމްއެންޔޫ ގުޅިގެން ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް ގުޅިގެން އެމް.އެންޔޫ. ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އެމްއެންޔޫއިން މައުލޫމާތު ދޭގޮތުން، މި ރަސްމިއްޔާތުގެ ބޭނުމަކީ މާދަރީ ބަސް ހިމާޔަތްކުރުމުގެ މުހިންމުކަމާ މެދު ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މި އަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޝިއާރު "ގިނަ ބަހުން ތަޢުލީމުގައި ޒުވާނުންގެ ދައުރު" މި ޝިއާރާ މެދު ފުންކޮށް މަޝްވަރާކުރުމެވެ.

މި ރަސްމިއްޔާތުގައި، މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަދައްކަވަމުން ފެކަލްޓީ އޮފް އާޓްސްގެ ޑީން އަލްފާޟިލް ޢާޞިމް ޢަބްދުއްސައްތާރު ވަނީ ބަހުގެ ޒަރީއާއިން ސަގާފީ އަމިއްލަވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. 

މި ރަސްމިއްޔާތުގައި ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ޑރ. އެމް. ނަޒްމުލް އިސްލާމް ވާހަކަދައްކަވަމުން ވަނީ، ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހާއި ބަންގްލަދޭޝް އުފެދުމާ އޮތް ގުޅުމުގެ މައްޗަށް ބައްލަވައިލައްވައި ދުވަހުގެ ތާރީޚު އޮޅުންފިލުވައިދެއްވާފައެވެ. މީގެއިތުރުން މާދަރީ ބަހުގެ މުހިންމުކަމާއި މާދަރީ ބަސްތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

އެއަށްފަހު، ބަންގްލަދޭޝް ބަހުން ބަންގްލަދޭޝްގެ އެމް.ޑީ މޮއިނަލް ހޮސަން އަދި މަހުވީން ޕަރުވޭޒް ސަގާފީ ހުށަހެޅުންތައް ހުށަހަޅުއްވައިދެއްވިއެވެ.

މި ރަސްމިއްޔާތުގެ އެންމެ މުހިންމު ކަމަކަށް އޮތީ، "މާދަރީ ބަސް ހިމާޔަތްކުރުމުގައި ޒުވާނުންގެ ދައުރު" މި މައުޟޫއަށް ބޭއްވުނު ޕެނަލް ޑިސްކަޝަންއެވެ. ތަޖުރިބާކާރު 4 ޕެނަލިސްޓުންނާ އެކު މި ސެޝަން ހުށަހަޅުއްވައިދެއްވީ ފެކަލްޓީ އޮފް އާޓްސްގެ ސީނިއަރ ލެކްޗަރަރ ޢާއިދާ ޙައްމާދެވެ. ޕެނަލިސްޓުންގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުމްދާ އިސްމާއިލާއި، އެމް.އެންޔޫ ގެ ޑޮކްޓަރ، ޑރ. ސާދިއާ ހައްގު ހިމެނިވަޑައިގަންނަވައެވެ.

އެއަށް ފަހު، ގައުމީ ތަރައްގީއާއި އިޖުތިމާއީ އެއްބައިވަންތަކަމުގައި ބަހުގެ ދައުރާ ގުޅޭގޮތުން ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ތަގުރީރެއް ދެއްވެވިއެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ މާޒީގެ ކާމިޔާބީތަކަށް ބައްލަވައި، ކުރިމަގަށް ކުރެވޭ އުންމީދުތައް ވެސް ހުށަހަޅުއްވައިދެއްވިއެވެ.

ރަސްމިއްޔާތު ނިމުނީ، ރައިވަރުން އެކުލަވައިލައިފައިވާ ޝުކުރުގެ ބަސްތަކުންނެވެ.

ބަންގްލަދޭޝް ހައިކޮމިޝަނާއި، ގައުމީ ޔުނިވަރސިޓީ ގުޅިގެން ބަހަވީ އަދި ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރައްވާނެކަން އެ ދެ މުއައްސަސާގެ އިސްބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.