ހަބަރު
02 Mar 2026 | 12:12
އެސްޓީއޯ ހެލްތުކެއާއިން ހުޅުމާލެ ހޮސްޕިޓަލަށް ހިތުގެ ބަލިތައް ދެނެގަންނަ އިމޭޖިންގް ޓެކްނޮލޮޖީ ތައާރަފުކޮށްފި

އެސްޓީއޯ ހެލްތުކެއާގެ ފަރާތުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓް ފޯރުކޮށްދީ، ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެންމެ ފަހުގެ ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމެއް ހުޅުމާލޭ ހޮސްޕިޓަލަށް ފޯރުކޮށްދީފިއެވެ.

ޖީ.އީ ހެލްތްކެއަރ ބްރޭންޑުގެ ވިވިޑްE95 ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމް ތަޢާރަފުކުރެވިގެން ދިޔައީ، 22 ފެބްރުއަރީ 2026 ގައި ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށް ދިޔަ އެޕްލިކޭޝަން ޓްރެއިނިންގ ސެޝަނަކާއި އެއްކޮށެވެ.

މި ސެޝަނުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސިއްޙީ މާހިރުންގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަންދޫބުން ވެސް ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރޭގައި ކާޑިއެކް އިމޭޖިންގ ޚިދުމަތްތައް ތަރައްޤީކުރުމަށް ގުޅިގެން ކުރެވޭމަސައްކަތެކެވެ.

މި ސިސްޓަމަކީ މެޑިކަލް އިމޭޖިންގ އަދި ހެލްތުކެއާ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ޖީ.އީ ހެލްތުކެއާ އާއި އެސްޓީއޯ ހެލްތުކެއާގެ ޕާޓްނަރޝިޕްގެ ދަށުން ފޯރުކޮށްދެވުނު ސިސްޓަމެކެވެ.

ޖީ.އީ ވިވިޑް E95އަކީ ހިތުގެ ބައިތަކާއި، މަސައްކަތްކުރާ ގޮތް، އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިންގ ސިސްޓަމެކެވެ. މި ސިސްޓަމުގައި ބޮޑެތި މީހުންނާއި، ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް ބޭނުންކުރެވޭނެ ޕްރޯބްތައް ހިމެނެއެވެ. މީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި، ހުރިހާ އުމުރުފުރައެއްގެ ބަލިމީހުންގެ ހިތުގެ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދިއުމާއި، ފަރުވާގެ ކަންކަމުގައި އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ.

މީގެއިތުރުން ރާއްޖޭގައި މިފަދަ ޙާއްސަ ޚިދުމަތްތައް ލިބެން ހުރުމަކީ މުޢައްސަސާތަކުގެ ގާބިލުކަން އިތުރުވެ، ބޭރުގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމެއްކަމުގައި ގަބޫލުކުރެވެއެވެ. 

އެސްޓީއޯ ހެލްތުކެއާގެ ފަރާތުން މެޝިން ފޯރުކޮށްދިނުމުގެ އިތުރުން، އިންސްޓޯލްކުރުމާއި، އެޕްލިކޭޝަން ޓްރެއިނިންގ ދިނުމާއި  މެދުނުކެނޑި ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުން ވޮރެންޓީއަދި އާފްޓަރ-ސޭލްސް ސާވިސް ސަޕޯޓް ތަމްރީނު ލިބިފައިވާ އެސްޓީއޯގެ ބަޔޯމެޑިކަލް އިންޖިނިއަރުން، ކްލިނިކަލް އެޕްލިކޭޝަން ސްޕެޝަލިސްޓުން ފޯރުކޮށްދެނީ ކަމުގެ ފަންނީ މާހިރުންނާއި ގުޅިގެންނެވެ.

މީގެ މަޤުސަދަކީ ސިއްޙީ ޚިދުމަތްތެރިންނަށް މި ސިސްޓަމް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭނެކަން ކަށަވަރުކުރުމެވެ. އަދި މި ތަކެތި ގިނަ ދުވަހު ބޭނުންކުރެވޭނެކަމާއި އޮޕަރޭޝަނަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކުރުމެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޖީ.އީ ވިވިޑް E95 ސިސްޓަމް ޤާއިމުކޮށް ޚިދުމަތްދޭން ފެށުމަކީ، ރާއްޖޭގެ ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްގީކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ގުޅިގެންކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އަދި ކާޑިއެކް، ޕީޑިއަޓްރިކް އަދި ނިއޯނޭޓަލް ޑައިގްނޯސްޓިކް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައިއެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.