އައްމާނުގައި ހުންނަ އެމެރިކާ އެމްބަސީ
ދުނިޔެ
03 Mar 2026 | 10:46
މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އެމެރިކާ ރައްޔިތުން ވަގުތުން އެ ގައުމުތަކުން ފައިބަން އަންގައިފި

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ވަރުގަދަވެ، މަސްރަހު ގޯސްވަމުންދާތީ، މެދުއިރުމަތީގެ 12 އަށްވުރެ ގިނަ ގައުމުތަކުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ވަގުތުން އެ ގައުމުތަކުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ނެރުނު މި އިންޒާރުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރޭން، މިސްރު، އީރާން، އިރާގު، އިޒްރޭލު، ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ގާޒާ، އުރުދުން، ކުވެއިތު، ލުބުނާން، އޮމާން، ސޫރިޔާ، ޔޫއޭއީ އަދި ޔަމަން ހިމެނެއެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ ކޮންސިއުލަރ އެފެއާޒް، މޯރާ ނަމްދާރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަލާމަތީ ނުރައްކާތައް ބޮޑުވަމުންދާތީ، މިހާރު ލިބެން ހުރި ވައިގެ ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކޮށްގެން އެމެރިކާ ރައްޔިތުން "މިހާރުން މިހާރަށް" އެ ގައުމުތަކުން ފުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން، އުރުދުންގެ އައްމާނުގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ ކުރިމަތިވި ނުރައްކަލަކާ ގުޅިގެން އެތަނުގެ މުވައްޒަފުން އެމްބަސީން ބޭރުކޮށްފައިވާކަން އިއުލާނުކޮށްފައެވެ.

މި އިއުލާނާ ގުޅިގެން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިފަދަ މުހިންމު ސިޔާސަތުތައް އާންމުކޮށް އިއުލާނުކުރަނީ ސްޓޭޓް ޑިޕާޓްމަންޓްގެ ރަސްމީ އުސޫލުތަކުގެ ތެރެއިންނެވެ. ނަމަވެސް މިފަހަރު ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަ އެންގުމެއް އެންގުމަކީ ވަރަށް ބޮޑު ސުވާލުތަކެއް އުފެދޭ ކަމެކެވެ. އަދި ހަމަލާތަކުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ އެތައް ހާސް ރައްޔިތުންނެއް އެއްފަހަރާ ފުރައިގެންދާނީ ކިހިނެއްތޯވެސް ސުވާލު އުފައްދާފައިވެއެވެ.

މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުالله އަލީ ޚާމަނާއީ ހިމެނޭހެން އިސް ގިނަ ވެރިންތަކެއް އަވަހާރަވުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުންވެސް ދަނީ ސަރަހައްދުގެ އެކި ތަންތަނަށް ހަމަލާދެމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ބުނީ، މި ހަނގުރާމަ 4 ނުވަތަ 5 ހަފުތާއަށް ދެމިގެންދާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، މިހާރު ފެންނަ ގޮތުން މިއަށްވުރެ މާ ގިނަ ދުވަހަށް މި ކުރިމަތިލުންތައް ދެމިގެން ހިނގައިދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.