އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
03 Mar 2026 | 12:04
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލަށް ނުޖެހޭނެކަމުގެ ޔަގީންކަން އެބައޮތް: ސަޢީދު

އެމެރިކާއާއި އިސްރާއިލު އިސްވެ އީރާނަށް ދޭން ފަށާފައިވާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ހަމަނުޖެހުންތައް އުފެދިފައިވީ ނަމަވެސް، އޭގެ ސަބަބުން ދިވެހިރާއްޖެ ތެލަށް ނުޖެހޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއިލުން އިސްވެ އީރާނަށް ދޭން ފަށާފައިވާ ހަމަލާ ތަކުގެ ރައްދުގައި އީރާނުންވެސް އަންނަނީ މެދު އިރުމަތީގެ ގައުމު ތަކުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސް ތަކާއި އެމްބަސީތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. މީގެ އިތުރުން މެދުއިރުމަތީ ގައުމު ތަކުގެ ބައެއް އެއާޕޯޓް ތަކަށްވެސް އީރާނުގެ ހަމަލާތައް އަންނަނީ އަމާޒު ކުރަމުންނެވެ. މީގެ ސަބަބުން، މެދުއިރުމަތީ ގައުމު ތަކުގެ ވައިގެ ސަރަހައްދު ބަންދުވެސް ކުރެވުނެއެވެ.

އެފަހުންވެސް، ކަނޑުމަގުންނާއި ވައިގެ މަގުން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުފަތުރު ކުރުން ވަނީ ދަތިކަމަކަށް ވެފައެވެ.

އެއާއެކު ތެލުގެ އަގު ދުވަހުން ދުވަހަށް މިހާރުވެސް އުފުލެމުންދާއިރު މިއަދު އިކޮނަމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެކަމުގެ ސަބަބުން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަޖާ ކުރިމަތިވެދާނެތޯ ސުވާލު ކޮށްފައެވެ. 

”އިއްޔެ ބައިނަލްއަގުވާމީ މާކެޓްގައި ތެލުގެ އަގަށް އިންކްރިމަންޓެއް އައި. ގާތްގަނޑަކަށް 25-30 އިންސައްތައިގެ އަގު އުފުލުމެއް މާކެޓްގައި އައި“ ސަޢީދު ވިދާޅުވިއެވެ. 

މެދު އިރުމަތީގައި ހަމަނުޖެހުމެއް އުފެދިއްޖެ ނަމަ އެކަމުގެ އަސަރު އެންމެ ފުރަތަމަ ކުރާ އެއްޗަކީ ތެޔޮ ކަމަށާ، މިފަހަރު ގޭހުގެ އަގަށްވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. 

ސައީދު ވިދާޅުވީ ރާއްޖޭގެ ތެލުގެ ކަންކަން ބަލަހައްޓަމުންދަނީ އެފަދަ ކަންކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން އެންމެ ދަތިވާނެ ޙާލަތެއްގައިވެސް ތެޔޮ ލިބޭނެ އެހެން ގޮތްތައް ހަމަޖައްސަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

"ކުރުކޮށް ދަންނަވާ ނަމަ ތެލަކަށް ނުޖެހޭނެ، އިރާދަކުރެއްވިއްޔާ. އެލްޕީޖީ ވެސް އަދި ތެޔޮ ވެސް ހިމަނައިގެން މި ދެންނެވީ."

އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު

މީގެ އިތުރުން، ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ރާއްޖެއަށް މިހާރު އަހަރެއްގެ މައްޗަށް ދެ މިލިއަނަށްވުރެ ގިނަ ފަތުވެރިން ޒިޔާރަތްކުރާ ކަމަށާ، އެ ހުރިހާ އެންމެންނަށް ކޭޓާ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.