މީގެ ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން
ހަބަރު
03 Mar 2026 | 21:36
އިންތިހާބްގައި އޮފިޝަލުން ބޭނުންކުރާ ބިބްތަކަށް އެކަނިވެސް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ބޭނުންކުރާ ބިބްތައް ހެދުމަށް އެކަނިވެސް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަމަށް ކޮމިޝަނުގެ ހިސާބުތަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ޕްރޮކިއުމެންޓް ހިސާބުތަކަށް ބަލާއިރު، ބިބްތައް ތައްޔާރުކުރުމަށް 4,158,000 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. އިލެކްޝަން ކޮމިޝަނުން ކުރިއަށްއޮތް އިންތިހާބަށް ތައްޔާރުވަމުންދާއިރު، މިހާތަނަށް ކުރި ހަރަދުތަކުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވެނީ، ސްޓޭޝަނަރީ ގަތުމަށްކުރި ހޭދައެވެ.

ސްޓޭޝަނަރީ ޕެކް، ސެކިއުރެޓީ އެންވެލަޕް އަދި އިންޑެލިބަލް މާކަރު ނުވަތަ ފަސޭހައިން ނުފުހެވޭ މާކަރުފަދަ ތަކެތި ގަތުމަށްވަނީ، 2.06 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އޮފިޝަލުންގެ ބިބްތައް ތައްޔާރުކުރުމުގެ އިތުރުން ސްޓޭޝަނަރީ ހޯދާފައިވަނީ ނޮވެލްޓީންނެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެކަނިވެސް 80 މިލިއަން ރުފިޔާ ހޭދަވާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭކަމަށް މީގެކުރިން އިލެކްޝަނުން ވަނީ ފާހަގަކޮށްފައެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބާއި، ލޯކަލް ކައުންސިލް އިންތިހާބު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް އިންތިހާބުތައް ވަކިވަކިން ބާއްވަމުން އަންނައިރު، މިއިން ކޮންމެ އިންތިހާބަކަށްވެސް ދައުލަތުގެ ބައިތުލްމާލާއި ރައްޔިތުންގެ ޖީބުންވެސް ބޮޑެތި އަދަދުތަކެއް ހޭދަކުރެއެވެ.

ފަސް އަހަރުތެރޭ އެކި ފަހަރުމަތިން އިންތިހާބުތައް ބާއްވަމުން އަންނައިރު މިކަމަކީ ވަރަށްބޮޑު ތަކްލީފްތަކެއް އުފުލަންޖެހޭ ކަމެއްގެ ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން ފާހަގަކުރެއެވެ. މިފަހުން ބޭއްވިގެންދިޔަ އިންތިހާބުތަކަށް ބަލާއިރު ވޯޓުލާން ނިކުންނަ ރައްޔިތުން ނިސްބަތުން ވަރަށްބޮޑަށް މަދުވަމުން އަންނަކަން ފާަހގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.