ޢުމްރާވެރިންތަކެއް
ހަބަރު
04 Mar 2026 | 09:59
ފަހު ވަގުތުގައި ކެންސަލް ކޮށްލުމުން 100 އަށްވުރެ ގިނަ މީހުންނަށް އުމްރާއަށް ނުފުރިފައި

އުމްރާއަށްދާން ފައިސާ ދައްކައި، ތައްޔާރީތައް ވެފައި ވަނިކޮށް، ފަހު ވަގުތުގައި އުމްރާ ގުރޫޕްގެ ދަތުރު ކެންސަލްކޮށްލުމުން, ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

'އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް' ނަމަކަށް ކިޔާ މި ގުރޫޕުން ރަމަޟާން މަހުގެ ފަހު 15 ގައި އުމްރާއަށް ދިޔުމަށް 110 މީހުން ފައިސާ ދައްކާފައިވެއެވެ.  

ގުރޫޕުން އުމްރާއަށް ދާން ފައިސާ ދެއްކި މީހަކު ”ދުވަސް“ ނޫހަށް މައުލޫމާތު ދިން ގޮތިގައި، މީގެ ދެދުވަސް ކުރިންވެސް އެ ގުރޫޕް މީހުން އުމްރާވެރިންނާ ބައްދަލު ކުރި އިރު އުމްރާ އަށް ނުދެވޭނެ ކަމުގެ އެއްވެސް އިޝާރާތެއް/ ވާހަކައެއް ދައްކާފައެއް ނުވެއެވެ. 

”މިއަދު ހެނދުނު ޖެހުނީ ދަބަސް ގެންދަން. ގެންދަން ޖެހުނީމާ، އެންމެ ފަހު މިނެޓްގައި، މިރޭ ފުރާއިރުގައޭ ފޮށި ގެންދަންޖެހޭނީ. ކިޔާފައި ކުއްލި ބައްދަލުވުމެއް ބާއްވައިފި. ބާއްވައިގެން އެންމެން މި ގެންދިޔައީ. ގެންގޮއްސަ ބުނަނީ ހުރިހާ ކަމެއް ނިންމާފައޭ މިއޮތީ. އެކަމަކި މިމަހު 26 ގެ ފަހުން ވާނެ ގޮތް ނޭނގޭތީ، މިހާރު މިއޮތް މަޝްރަހަށް ބަލާފައި، ތިމަންނަ ބޭނުމެއް ނޫނޭ ރިސްކު ނަގާކަށެއް. އެހެންވީމާ ކެންސަލް އޭ“

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ގުޅުމުން، ކަންކަން ހަމަޖެހިފައިވާ ނަމަ، އުމްރާ ވެރިން ފުރުވާލުމަށް އެންގެވި ކަމަށާ، އަދި އުމްރާ ވެރިން ގޮސް އުޅޭ ހިސާބަށް ނުރައްކަލެއް ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި ކަމަށް އުމްރާއަށް ދާން ފައިސާ ދެއްކި އެ މީހާ ބުންޏެވެ. 

އަދި އެ ގުރޫޕުން، މި ރޯދަމަހު އުމްރާވެރިން އުމްރާއަށް ގެންދަން މިނިސްޓްރީގެ ހުއްދައަށްވެސް އެދިފައި ނުވާ ކަމަށާ، މައްކާ އިން ހޮޓެލްވެސް ބުކް ކޮށްފައި ނުވާ ކަމަށް އެ މީހާ ބުންޏެވެ.

އަދި ރިފަންޑް ދޭނެ ކަމަށް އެ ގުރޫޕުން ބުނި ނަމަވެސް، އެ ދެނީ ޓިކެޓަށް ވާ ބައި ކަނޑާފައި ކަމަށާ، ވިސާ ދިން ކަމުގެ ލިޔުން ދިނުމަށް އެދުމުން އެވެސް ދީފައި ނުވާ ކަމަށް އެ މީހާ ބުންޏެވެ. 

އެކަމާ ގުޅިގެން އަބްރާރް ގުރޫޕްގެ އެމްޑީ ޢައްފާން ދިން ބަސްދީގަތުމެއްގައި ބުނީ، އުމްރާ މީހުން ގެންދިޔުމަށް ހުއްދަ ހޯދަން މިނިސްޓްރީއަށް މެއިލް ކުރި ކަމަށާ އެހެން ނަމަވެސް، އެ މެއިލް މިނިސްޓްރީއަށް ނުދިޔައީ ކަމަށެވެ. އަދި ހެޔޮ އެދޭ ފަރާތެއްގެ އެހީއާ އެކު ފައިސާ ދެއްކި މީހުންނަށް ރީފަންޑް ދިނުމުގެ ކަންކަންވެސް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. 

އެހެން ނަމަވެސް، އިސްލާމިކް މިނިސްޓްރީއަށް އެ މެއިލް ފޮނުވި ކަން ހާމަވާ މެއިލް ދެއްކުމަށް އެމީހާ ވަނީ އިންކާރު ކޮށްފައެވެ. އަދި، ޓިކެޓް ނެގި ކަމާއި، ހޮޓެލް ބޫކް ކުރި ކަމުގެ ލިޔުން ދެއްކުމަށްވެސް އެ މީހާ ވަނީ އިންކާރު ކޮށްފައެވެ. ސަބަބެއް ކަމުގައި އޭނާ ބުނީ، އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ދިޔުމެވެ. 

މި މައްސަލައާ ގުޅިގެން މިނިސްޓްރީގެ އަދި ފުލުހުންގެ ބަހެއްވެސް އަދި ލިބޭ ގޮތެއް ނުވެއެވެ.

ކޮމެންޓް
ފޫހި
މެމްބަރު ކަން ލިބޭއިރަށް ހުރިހާކަމެއް ކުރަންޖެހޭދޯ
04 Mar 2026
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.