އަލް އަބްރާރް ގްރޫޕްގެ އޮފީހުގެ ބޭރުގައި މީހުން އެއްވެ -
ހަބަރު
04 Mar 2026 | 12:49
ފަހު ވަގުތު އުމްރާދަތުރު ކެންސަލްކުރި ގުރޫޕްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

'އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގުރޫޕުން މީހުން އަތުން ފައިސާ ނެގުމަށްފަހު، ފަހު ވަގުތު ދަތުރު ކެންސަލްކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލާގައި ”ވޮއިސް“އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އަލް އަބްރާރު ގުރޫޕުން ރަމަޟާން މަހުގެ ފަހު 15 އެއްގައި އުމްރާއަށް ދިއުމަށް 110 މީހުން ފައިސާ ދައްކާފައިވެއެވެ. ނަމަވެސް، ފުރަން އޮތް ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވައި، ސަރަހައްދީ މަޝްރަހު އޮތް ގޮތުން ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށް ބުނެ އެ ގުރޫޕުން ވަނީ ދަތުރު ކެންސަލްކޮށްފައެވެ.

މިކަމާ ގުޅިގެން "ދުވަސް" ނޫހަށް މައުލޫމާތު ދިން އުމްރާވެރިއަކު ބުނީ، ދަތުރު ކެންސަލްކުރި ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ގުޅުމުން، އުމްރާވެރިންދާ ސަރަހައްދުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ކަންކަން ހަމަޖެހިފައިވާނަމަ ފުރުވާލުމަށް އެންގެވި ކަމަށެވެ. އަދި އެ ގުރޫޕުން އުމްރާއަށް މީހުން ގެންދަން މިނިސްޓްރީގެ ހުއްދައަށް އެދިފައި ނުވާ ކަމަށާއި، މައްކާއިން ހޮޓެލްވެސް ބުކްކޮށްފައި ނުވާކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ.

އަބްރާރު ގުރޫޕްގެ އެމްޑީ އައްފާން ބުނީ، ހުއްދައަށް އެދި މިނިސްޓްރީއަށް މެއިލް ކުރި ކަމަށާއި ނަމަވެސް އެ މެއިލް ނުދިޔައީ ކަމަށެވެ. އެހެންނަމަވެސް، އެ މެއިލް ނުވަތަ ޓިކެޓާއި ހޮޓެލް ބުކިންގެ ލިޔެކިޔުންތައް ދެއްކުމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. ސަބަބެއް ކަމަށް ބުނީ ފުލުހުންނާއި މިނިސްޓްރީން މައްސަލަ ތަހުގީގު ކުރަމުންދިއުމެވެ.

ފައިސާ ދެއްކި މީހުންނަށް ރިފަންޑް ދޭނެ ކަމަށް އެ ގުރޫޕުން ބުނި ނަމަވެސް، އެ ފައިސާ ދެނީ ޓިކެޓަށްވާ ބައި ކަނޑާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.