ފުލުހުން މިއަދު ފެށި ވޯކް އެންޑް ޓޯކް ހަރަކާތުގެ ތެރެއިން.. ފޮޓޯ: ފުލުހުން
ހަބަރު
07 Mar 2026 | 21:09
ފުލުހުންގެ "ވޯކް އެންޑް ޓޯކް" ހަރަކާތް މުޅި ރާއްޖޭގައި ފަށައިފި

މުޅި ރާއްޖެއަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިއަށް ގެންދަން ނިންމި "ވޯކް އެންޑް ޓޯކް" ހަރަކާތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ހަރަކާތް މިއަދު ރާއްޖޭގެ ފުލުހުންގެ ޔުނިޓްތައް ހުންނަ ރަށްތަކުގައި ފަށާފައިވާއިރު، މިއީ ރައްޔިތުންނާ ގާތުން ރައްޔިތުންނާ ބައްދަލުކުރުމުގެ ގޮތުން ފެށި ހަރަކާތެކެވެ. މި ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވަނީ އެއްވަގުތެއްގައެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން ދާހިލީ ވަޒީރު އަލީ އިހްސާން އަދި ފުލުހުންގެ ވެރިންނާއި ޔުނިޓްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފުލުހުން މިއަދު ފެށި ހަރަކާތުގައި ދާހިލީ ވަޒީރު ބައިވެރިވެ ވަޑައިގަތުން.. ފޮޓޯ: ފުލުހުން

ފުލުހުންގެ އިދާރާއިން ބުނީ، މިއީ ފުލުހުންނާއި ރައްޔިތުން އެއް މާހައުލެއްގައި ބައްދަލުވެ، ދެފަރާތުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ފެށި ހަރަކާތެއްކަމަށެވެ.

ފުލުހުން މިއަދު ފެށި ވޯކް އެންޑް ޓޯކް ހަރަކާތުގެ ތެރެއިން.. ފޮޓޯ: ފުލުހުން

މި ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ ރައްޔިތުންނާ ބައްދަލުކޮށް ރައްކާތެރިކަމުގެ ގޮތުން ކުރެވޭނެ ކަންކަމާއި، ތަފާތު އެކި ކަހަލަ ކުށްތަކުން ރައްކާތެރިވެތިބުމަށް މަސައްކަތް ކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

ފުލުހުން މިއަދު ފެށި ވޯކް އެންޑް ޓޯކް ހަރަކާތުގެ ތެރެއިން.. ފޮޓޯ: ފުލުހުން

މިއީ ފުލުހުންނާއި ރައްޔިތުންގެ މެދުގައި އިތުބާރު އުފައްދައި، ދެފުށް ފެންނަ ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ފުލުހުން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދިޔަ ހަރަކާތެކެވެ. "ވޯކް އެންޑް ޓޯކް" މި ހަރަކާތް މިދިޔަ ފެބުރުއަރީމަހުވެސް ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.