ޓްރަމްޕް
ދުނިޔެ
08 Mar 2026 | 09:26
ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދަމުން ޓްރަމްޕް ބުނީ އީރާނުގެ ލީޑަރުންނާއި އަސްކަރިއްޔާ ނައްތާލާނެ ކަމަށް

އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ދެކޮޅު ހަދައި، އެ ގައުމުގެ އަސްކަރިއްޔާ އާއި ހުރިހާ ލީޑަރުން ނައްތާލައިގެން މެނުވީ ހަނގުރާމަ ނިމުމަކަށް ނާންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. 

މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ މަތިންދާބޯޓު "އެއާފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އީރާނުގެ ހުރިހާ ލީޑަރުން މަރާލައި، އެ ގައުމުގެ އަސްކަރިއްޔާ މުޅިން ސުންނާފަތި ކޮށްލުމުން މަޝްވަރާ ކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށެވެ.

ޓްރަމްޕް އިތުރަށް ބުނީ، "އަހަރެމެން އަމާންދީފީމޭ ބުނާނެ މީހަކުވެސް ބާކީ ނުހުންނާނެ ހިސާބަކަށް ކަންތައްތައް ގޮސްދާނެ" ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ދެ ހަފްތާވާއިރު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކަށްޓަކައި އެ ގައުމުތަކުގެ ކިބައިން މާފަށް އެދިވަޑައިގަންނަވާފައެވެ.

އޭނާ ވިދާޅުވީ އީރާނުގެ ހަމަލާތަކުގެ ސަބަބުން އަސަރުކުރި އަވަށްޓެރި ގައުމުތަކުގެ ކިބައިން އަމިއްލަފުޅަށް މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކުގައި ބައިވެރިނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް، ޓްރަމްޕް އެދޭ ގޮތަށް އަމާންދިނުމަކީ "ހުވަފެނެއް" ކަމަށް ރައީސް ޕެޒެޝްކިއަން ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ އީރާނުގެ ވަގުތީ ލީޑަރޝިޕް ކައުންސިލުން އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެކަމަކު އެ ގައުމުތަކުގެ ބިމުން އީރާނަށް ހަމަލާއެއް އަތުވެއްޖެނަމަ ރައްދު ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕެޒެޝްކިއަންގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ އެތެރޭގައި ސިޔާސީ ހަލަބޮލިކަމެއް އުފެދިފައިވީ ނަމަވެސް، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ ވިދާޅުވީ ހަނގުރާމައިގެ ކަންކަމުގައި އީރާނުގެ އޮފިޝަލުންގެ މެދުގައި އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމަށެވެ.

މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާ، ކުވައިތު އަދި ޔޫއޭއީ އަށް އީރާނުގެ ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުތަކުން ރިޕޯޓުކޮށްފައިވެއެވެ. ސައުދީ އަރަބިއްޔާއިން ވަނީ އީރާނުގެ ހަމަލާތައް ކުރިއަށްދާނަމަ އެއަށް އެކަށީގެންވާ ރައްދެއް ދޭނެ ކަމުގެ އިންޒާރު ތެހެރާނަށް ދީފައެވެ. މީގެ އިތުރުން ބަހުރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށްވެސް އީރާނުން ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.