އީރާނުގެ ސުކޫލަށް ދެވުނު ހަމަލާ އާއި ޓްރަމްޕް
ދުނިޔެ
08 Mar 2026 | 12:42
ފާޑުކިޔުންތައް އަމާޒުވުމުން ޓްރަމްޕް ބުނީ، އީރާނުގެ އަންހެން ކުދިންގެ ސުކޫލަށް ހަމަލާ ދިނީ އެމެރިކާއިން ނޫންކަމަށް

އީރާނުގެ ދެކުނުގައި ހުރި އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި 175 ކުދިން މަރުވި ހާދިސާގެ ޒިންމާއިން ރެކެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކޮށްފިއެވެ.

ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން މި ހަމަލާއަކީ އީރާނުން އަމިއްލައަށް ދިން ހަމަލާއެއް ކަމަށް ޓްރަމްޕް ވަނީ ތުހުމަތުކޮށްފައެވެ.

ރިޔާސީ މަތިންދާބޯޓު "އެއާފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، މިހާތަނަށް ފެނުނު ހެކިތަކަށް ބަލާއިރު އެ ހަމަލާ ދީފައިވަނީ އީރާނުން ކަމަށެވެ.

"އަހަންނަށް ފެނުނު އެއްޗިއްސަށް ބަލާއިރު އެކަން ކުރީ އީރާނުން. އެމީހުންގެ ހަތިޔާރުތަކަކީ އެހާ އަމާޒު ސީދާ އެއްޗިއްސެއް ނޫން. އެއީ އީރާނުން ކުރި ކަމެއް،" ޓްރަމްޕް ބުންޏެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ވަނީ އެމެރިކާގެ ބައިވެރިވުން މި ހަމަލާގައި ނެތްކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި އާންމުންނަށް އަމާޒުކޮށް ހަމަލާދޭ ހަމައެކަނި ބަޔަކީ އީރާނެވެ.

ނަމަވެސް، "ނިއުޔޯކް ޓައިމްސް" އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި، އެ ސްކޫލަށް ހަމަލާ އަރާފައިވަނީ އެ ސަރަހައްދުގައި ހުރި އީރާނުގެ އަސްކަރީ މަރުކަޒަކަށް އެމެރިކާ އިން ދިން ހަމަލާއެއްގެ ތެރޭގައެވެ.

މީގެ އިތުރުން، އީރާނުގެ ފެން ސާފުކުރާ ޕްލާންޓަކަށް އެމެރިކާ އިން ހަމަލާދިން ކަމަށް ކުރާ ތުހުމަތުތަކަށް ސީދާ ޖަވާބެއް ނުދީ، ޓްރަމްޕް ވަނީ އީރާނުން ހިންގާ ކަމަށް ބުނާ އަނިޔާވެރި އަމަލުތަކުގެ ވާހަކަ ދައްކާފައެވެ.

"އެއީ ދުނިޔޭގައި އުޅޭ އެންމެ ނުބައި މީހުން. އެމީހުން ތުއްތު ކުދިންގެ ބޯ ބުރިކޮށް، އަންހެނުން ދެބައިކޮށް ކޮށާ ހަދާ،" ޓްރަމްޕްގެ ލާއިންސާނީ ޢަމަލުތަކުގެ ޒިންމާއިން ރެކެން ބަހަނާތައް ދައްކަމުން އޭނާ ބުނެފައިވެއެވެ. 

މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އެމެރިކާއަށް އަމާޒުވަމުންދާއިރު، ހަގީގަތް ހޯދުމަށް މިނިވަން ތަހުގީގަކަށް ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް
ހުސޭނުބެ
ތާރީޚަށް ބަލާއިރު، ތިޔަ ދެބައިމީހުންނަކީވެސް އެފަދަކަމެއް ކޮއްފާނެ ދެބައެވެ. އަނިޔާވެރިކަން ކޮޅުންލާފައި ތިބި ދެބަޔެވެ. ދެބައި މީހުނަށްވެސް ﷲ ލައުނަތް ލައްވާށިއެވެ. އާމީން.
08 Mar 2026
ގުޅޭ ލިޔުންތައް
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ