ސްކޭމް ޕޯސްޓެއް
ހަބަރު
10 Mar 2026 | 12:03
ބަލިމީހުންގެ ނަމުގައި ހިންގާ ސްކޭމްތައް އަދިވެސް ވަނީ އިތުރު؛ ސަމާލުވާން ފުލުހުން އެދިއްޖެ

ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި، ޚާއްޞަކޮށް ފޭސްބުކްގައި، ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ. 

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، މިފަދަ ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ "ސްކޭމް" ތަކެއްކަން ފާހަގަކުރެވުފައުވާ ކަމަށެވެ.

އެގޮތުން ސްކޭމަރުން އާންމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި، ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުންނާއި އިންޓަނެޓުން ބަލިމީހުންގެ ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރާ ކަމަށާ އަދި ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކޮށްފައިވެއެވެ.

ސްކޭމް ހިންގާ އައިޑީއެއް

މީގެ އިތުރުން، ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނަގައި ބްލޮކް ކުރި ނަމަވެސް، މެސެޖަށް ޖަވާބުދީ ފައިސާ ހޯދުމަށް މަސައްކަތް ކުރާކަންވެސް ވަނީ ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ މަކަރުވެރި ރޭވުންތަކުން ރައްކާތެރިވުމަށްޓަކައި، އެޅިދާނެ ފިޔަވަޅުތައް ފުލުހުން ވަނީ ކިޔައިދީފައެވެ. އެގޮތުން؛

- ފައިސާ ފޮނުވުމުގެ ކުރިން އެ ނަންބަރަކަށް ގުޅައި މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން.

- 'ގޫގުލް ރިވާސް އިމޭޖް ސާޗް' ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެ ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ބެލުން.

- ސައްހަކަން ޔަގީންނުވާ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ޝެއަރ ނުކުރުން. ސަބަބަކީ އެފަދަ ޕޯސްޓްތައް ޝެއަރ ކުރުމަކީ އިތުރު ބަޔަކު މި މަޅީގައި ޖެހުމަށް ދެވޭ ދައުވަތަކަށް ވާތީއެވެ.

އާއްމުކޮށް މިފަދަ ސްކޭމް ޕޯސްޓްތަކުގައި ހުންނަނީ މީހުންނަށް ކޮމެންޓްވެސް ނުކުރެވޭގޮތަށް ކޮމެންޓްސް އޮފް ކޮށްފައިކަން ފާހަގަކޮށްލަންޖެހެއެވެ. 

އާންމުންގެ ދީލަތި އެހީ، ކުށްވެރިންގެ އަތަށް ދިޔަ ނުދިނުމަށްޓަކައި މިއަށްވުރެ ބޮޑަށް ސަމާލުވެ، ހޭލުންތެރިވުމަށް ފުލުހުން އެދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.