އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ
10 Mar 2026 | 12:52
ހަނގުރާމަ ނިމެނީ ކަމަށް ޓްރަމްޕް ބުނި ފަހުންވެސް، އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް

އެމެރިކާއިން އީރާނާއެކު ކުރަމުންދާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް އަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބުނި ފަހުންވެސް އީރާނުގެ ވެރިރަށް ތެހެރާނުގެ އާންމުން ދިރިއުޅޭ ގެތަކަށާއި ސްކޫލްތައް ހުންނަ ސަރަހައްދުތަކަށް އިޒްރޭލާއި އެމެރިކާގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކަށް މިހާރު ވަނީ ދެ ހަފުތާ ވެފައެވެ. މި ހަމަލާތަކުގެ ފުރަތަމަ ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފައެވެ.

ޓްރަމްޕް އިއްޔެ ވަނީ އީރާނުގެ މިސައިލް އުފައްދާ ތަންތަނާއި، ޑްރޯން ސިސްޓަމްތަކުގެ 80 އިންސައްތަ މިހާރު ނައްތާލެވިފައިވާ ކަމަށް ބުނެފައެވެ. އަދި އީރާނުގެ ކަނޑުގެ ސިފައިންގެ އެންމެ ޒަމާނީ 46 މަނަވަރު ތިން ދުވަސް ތެރޭގައި ފައްތާލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ހަމައެހެންމެ، އީރާނުގެ ނިޔުކްލިއާ ބާރު ކުޑަކޮށްލެވިފައިވާ ކަމަށާ ހަނގުރާމަ ނިމެން ވަރަށް ކައޮރިވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

ނަމަވެސް، މަސްރަޙުން ފެންނަ މަންޒަރުތައް މިއާ މުޅިން ތަފާތެވެ. އެގޮތުން އެމެރިކާއިން ރޭ ތެހެރާނުގެ ރިސާލަތު އިންތިޒާރު މައިދާން ކައިރިއަށް ދިން ވަރުގަދަ ހަމަލާތަކުގައި 40 އަށްވުރެ ގިނަ އާންމުން ވަނީ ޝަހީދުވެފައެވެ. ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތައް އަމާޒުވެފައިވަނީ އަސްކަރީ މަރުކަޒުތަކަކަށް ނޫނެވެ. އޭގެ ބަދަލުގައި އާންމުން ދިރިއުޅޭ ގެތަކަށާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށެވެ.

މީގެ އިތުރުން، އީރާނުގެ ތެޔޮ ރިފޭނަރީތަކަށް ދިން ހަމަލާތަކުގެ ސަބަބުން ވައި ނުސާފުވެ، ތެހެރާނަށް މިހާރު ކުރަމުންދާ ވާރޭގެ ތެރެއަށް ނުނިކުތުމަށް ރެޑް ކްރެސެންޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނަ ސިޓީތަކަކުން ކަރަންޓުގެ ޚިދުމަތް ކެނޑި، އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ޓްރަމްޕްގެ ވާހަކަތައް ދޮގުކޮށްފައެވެ. އެމީހުން ބުނާގޮތުގައި އީރާނުގެ މިސައިލް ގާބިލްކަން ނައްތައެއް ނުލެވެއެވެ. އަދި ބަދަލުހިފުމުގެ ގޮތުން ބަހްރޭން، ކުވެއިތު، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގައި ހުރި އެމެރިކާގެ އެމްބަސީތަކަށް އީރާނުން ދަނީ ހަމަލާ ދެމުންނެވެ. މި ހަމަލާތަކުގައި ބަހްރޭނުގެ މަނާމާ އިން އެކަކު އަދި އިޒްރޭލުގެ މެދުތެރޭގެ ސަރަހައްދުތަކުން ދެ މީހަކު ވަނީ މަރުވެފައެވެ.

ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ބުނި ނަމަވެސް، ހޯރްމުޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރުތައް ހުއްޓުވައިފިނަމަ، އީރާނަށް ދޭ ހަމަލާތައް 20 ގުނަ ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. މިއާއެކު މުޅި މެދުއިރުމަތީގެ މަސްރަޙު މިހާރު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.