އިސްރާއިލަށް ދެވުނު ހަމަލާއެއްގެ ތެރެއިން
ދުނިޔެ
15 Mar 2026 | 09:59
އިސްރާއީލަށާއި އެމެރިކާގެ މަރުކަޒު ތަކަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުން ބުނެފި

އިސްރާއީލާއި ޢިރާޤާއި ކުވެއިތުގައި ހުރި އެމެރިކާގެ ތިން ބޭސްއަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުން ބުނެފިއެވެ. 

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްޱއައިއާރުޖީސީން ނެރުނު ބަޔާނުގައި ބުނީ އިސްރާއީލުގައި "އެމްބިއުލެންސްގެ ސައިރެން މެދުނުކެނޑި އިވެމުންދާ" ކަމަށާއި، ތެލް އަވީވުގެ ސިނާޢީ ސަރަޙައްދުތަކަށް އައިއާރުޖީސީގެ "ބަރު މިސައިލްތަކުގެ އަސަރު" ފެންނަމުންދާ ކަމަށެވެ.

އައިއާރުޖީސީން އިތުރަށް ބުނީ ޢިރާޤުގެ އެރްބީލްގައި ހުންނަ ހަރީރް އެއާބޭސްއާއި ކުވޮތުގައި ހުންނަ ޢަލީ އަލް ސާލިމް އަދި ޢަރީފްޖާން ބޭސްތައް "އީރާނުގެ ބާރުގަދަ މިސައިލްތަކާއި ޑްރޯންތަކުން ހަލާކުކޮށްލާފައިވާ" ކަމަށެވެ.

ޢިރާޤުގެ ޙާލަތު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް މިސައިލެއް އަރައި ވައިގެ ދިފާޢީ ނިޒާމުގެ ބަޔަކަށް ގެއްލުން ލިބިފައިވެއެވެ. އެމެރިކާ އެމްބަސީން ވަނީ ޢިރާޤުގައި ތިބި އެމެރިކާ ރައްޔިތުން ވަގުތުން ފައިބައިގެން ދިއުމަށް އިންޒާރު ނެރެފައެވެ.

ޢިރާޤުގެ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެ ޤައުމުގައި ތިބި އެމެރިކާ މީހުންގެ މަޢުލޫމާތު ދޭ ފަރާތްތަކަށް 100،000 ޑޮލަރާ ހަމައަށް އިނާމު ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޣުދާދުގެ އިތުރުން ޢިރާޤުގެ އެކި ކަންކޮޅުތަކުގައާއި އުތުރު ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގައި ހުރި އެމެރިކާ ބޭސްތަކާއި އެއާޕޯޓްތަކަށް ހަމަލާ ދެމުންދާއިރު، ބޭސްއަކަށް ދިން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު ވެސް މަރުވެފައިވެއެވެ.

އަނެއްކޮޅުން، އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދެމުންދާއިރު، ގަލްފުގެ ތެލަށް ބަރޯސާވާ ޤައުމުތަކުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބެހެއްޓުމަށް އެހީތެރިވާންޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.