ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް : ފޮޓޯ/ ރައީސް އޮފީސް
ހަބަރު
24 Mar 2026 | 14:36
ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ޚަރަދު ބޮޑު، މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާ ޚަރަދުކުރި: ޠާރިގު

ދިވެހިރާއްޖެއަކީ ހަކަތަ އުފެއްދުމަށް މުޅިންވެސް ތެލަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާ، މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖެއަކީ ހަކަތަ އުފެއްދުމަށް، ރާއްޖެއަށް އެތެރެކުރާ ތެލަށް ބަރޯސާވެފައިވާ ގައުމެއް ކަމަށެވެ.

މިދިޔަ އަހަރު އެކަނި ބަލާލިކަމުގައިވިޔަސް ތެޔޮ އެތެރެކުރުމަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ. މިއީ ބޭރު ފައިސާއަށް ބަދަލުކޮށް ބޭރަށް  ފޮނުވޭ ފައިސާ. ތެޔޮ އެތެރެކުރުމަށް ޖީޑީޕީގެ ގާތްގަނޑަކަށް 10 ޕަސެންޓް ޚަރަދުކުރަންޖެހޭ. އެހެންވީމާ މިއީ ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައި އޮންނަ ގައުމެއް.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް 

މިއާއެކު ވަޒީރު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް ހުރިހާ ރަށަކާއި ރިސޯޓްތަކުގައިވެސް މައިގަނޑުކޮށް ކަރަންޓް އުފައްދަނީ ޖެނެރޭޓަރު ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޯޓުގެ އިންޖީނު ބެހެއްޓި ބޭނުންކުރަމުންދާއިރު، ރިސޯޓުތަކުގައި 298 މެގަވޯޓު އަދި ސިނާއީ ރަށްރަށުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާ ކަން ފާހަގަކުރެއްވިއެވެ. 

”މީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ މާލެ ސަރަހައްދުގައު އިންސްޓޯލް ކުރެވިފައިހުރި ޖެނެރޭޓަރުތައް.“ ވަޒީރު ވިދާޅުވިއެވެ. 

އެހެންކަމުން، ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާ، އެކަން ސަރުކާރުން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައާ ހަމައަށް އިއާދަކުރަނަވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ކަންވެސް ފާހަގަކުރެއްވިއެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒައާމަތުގައި ހަކަތައިގެ ސިޔާސަތުގެ އިސްތިރާޖިއްޔާތައް ކަނޑައަޅައި އަޅުގަނޑުމެން މިވަނީ އާއްމުކޮށްފައި. އޭގެ އިތުރަށް ހަކަތައިގެ މަގުޗާޓުުވަނީ އިއުލާނުކުރެވިފައި. މިދެންނެވި ދެ ޑޮކިއުމެންޓަށް ބަލައިގެން ހަކަތައިގެ ދާއިރާގެ މަސައްކަތް މިކުރަނީ." ޠާރިގު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ