ޓްރަމްޕް
ދުނިޔެ
25 Mar 2026 | 09:25
އީރާނުގެ ”ރަނގަޅު މީހުންނާއެކު“ މަޝްރާތައް ކުރިއަށްދާކަމަށް އަނެއްކާވެސް ޓްރަމްޕް ބުނެފި

އެމެރިކާއާއި އިސްރާއިލުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށްޓަކައި "ރަނގަޅު މީހުންނާ" ވާހަކަދައްކަމުންދާ ކަމަށާއި، އީރާނުން އޮތީ އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް މިހެން ބުނިއިރު، އީރާނުން ކުރިން ވަނީ މަޝްވަރާތައް ކުރިއަށްދާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.

ޓްރަމްޕް ބުނި ގޮތުގައި، މިދިޔަ މަހު އިސްރާއީލާއެކު ބައިވެރިވެގެން އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކަށްފަހު، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން "ތެލާއި ގޭހާ" ގުޅޭ ވަރަށް ބޮޑު ހަދިޔާއެއް ދިނުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވަނީ މިއީ "ފޭކް ނިއުސް" ނުވަތަ ދޮގު ޚަބަރުގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓާލުމަށް 15 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއް ޕާކިސްތާން މެދުވެރިކޮށް އީރާނަށް ހުށަހަޅާފައެވެ. މި ޕްލޭނުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމާއި، ހަނގުރާމައިގެ ތެރޭގައި ބަންދުކޮށްފައިވާ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނެއެވެ.

އެމެރިކާގެ މި ހުށަހެޅުން އައިސްފައިވަނީ އެގައުމުގައި މި ހަނގުރާމައަށް އޮތް ތާއީދު ކުޑަވަމުންދާ ދަނޑިވަޅެއްގައެވެ. ރޮއިޓާސްއިން ކުރި ސާވޭއަކުން ދައްކާގޮތުގައި އެމެރިކާގެ 61 އިންސައްތަ މީހުން އީރާނަށް ދޭ ހަމަލާތަކާ ދެކޮޅެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ "އެކުވެރި ގައުމުތަކެއް" މެދުވެރިކޮށް އެމެރިކާގެ މެސެޖުތަކެއް ލިބިފައިވާ ކަމަށެވެ. އެނަލިސްޓުން ވިދާޅުވާ ގޮތުގައި އީރާނުން ބޭނުންވަނީ އެގައުމުގެ އަމިއްލަ ޝަރުތުތަކެއްގެ މަތިން ހަނގުރާމަ ހުއްޓާލުމަށެވެ. އޭގެ ތެރޭގައި އެގައުމަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމާއި، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެއެވެ.

މަޝްވަރާގެ ވާހަކަތައް ދެކެވުނު ނަމަވެސް، ހަނގުރާމަ ދަނީ ވަރުގަދަވަމުންނެވެ. އީރާނުގެ ބޫޝެހްރު ނިއުކްލިއަރ ޕްލާންޓަށް އަންގާރަ ދުވަހުގެ ރޭ ހަމަލާއެއް އަމާޒުވެފައިވާއިރު، އީރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި 7 މީހަކު ވަނީ ޒަޚަމްވެފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެމީހުންގެ ހަނގުރާމައިގެ ޕްލޭނަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާއިން ދަނީ މެދުއިރުމައްޗަށް އިތުރު އެތައް ހާސް ސިފައިންނެއް ފޮނުވުމަށް ތައްޔާރުވަމުންނެވެ. މިއީ މިހާރު އެ ސަރަހައްދުގައި ތިބި 50،000 ސިފައިންގެ އިތުރަށް ފޮނުވާ ސިފައިންނެވެ. މިއާއެކު، ސަރަހައްދީ ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ