ކުރީގެ ރައީސް މުހައްމަދު ނަޝީދު
ހަބަރު
25 Mar 2026 | 10:32
ގަލްފުގެ ގައުމުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ވަނީ ނުކުޅެދިފައި: ރައީސް ނަޝީދު

މެދުއިރުމަތީގެ ހަނގުރާމައިގެ ހުޅުގަނޑު މަޑުޖެހެމުންދާ ކަމުގެ ނިޝާންތަކެއް ފެންނަމުންދާ ކަމަށާއި، މިއީ އެ ސަރަހައްދުގެ ޖިއޮޕޮލިޓިކްސްއަށް އަންނަ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި ވަނީ ބޭރުގެ ބާރުތަކަށް، ޚާއްޞަކޮށް އެމެރިކާއަށް އޮތް އިތުބާރު ކުޑަވަމުންދާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގަލްފުގެ ގައުމުތަކަށް ބޭނުންވާ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ނުކުޅެދިފައިވާ ކަމަށެވެ. މީގެ ސަބަބުން އެ ގައުމުތަކުން މިހާރު އިސްކަންދެނީ އަމިއްލަ ސަރަހައްދީ އިސްތިގުލާލު ދެމެހެއްޓުމަށް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓް

އެމެރިކާގެ ސެކިއުރިޓީ އަމްބްރެލާގެ ދަށުން ބޭރުގައި މި ގައުމުތަކުން މަސައްކަތް ކުރުމުގެ ވިސްނުމަކީ އައު ކަމެއް ނޫން

ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއީ މީގެ ކުރިން ވެސް ތާރީޚީ ގޮތުން ފެނިފައިވާ ކަމެއް ކަމަށާއި، މިހާރުގެ ޙާލަތަށް ބަލާއިރު ބޭރުގެ ބާރުތަކަށް ބަރޯސާވުމުގެ ބަދަލުގައި ސަރަހައްދީ އެއްބައިވަންތަކަން އިސްކުރުން މުހިންމު ކަމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މިއީ ސަރަހައްދީ މަސްރަޙަށް އަންނަ ބޮޑު ބަދަލަކަށް ވެދާނެ. އަދި މީގެ ސަބަބުން އީރާނާއި، ޖީ.ސީ.ސީ ގައުމުތަކާއި، ސައުދީ އަރަބިއްޔާގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ނައްތާލައި، ގުޅުން ބަދަހިކުރުމުގެ ފުރުސަތު އެބައޮތް.

ރައީސް ނަޝީދު ވިދާޅުވިއެވެ

ރައީސް ނަޝީދު ވަނީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން މިމަހު ކުރީކޮޅު އިންޑިއާގެ "ވިއޮން" މީޑިއާ އަށް ވެސް އެމަނިކުފާނު މި ހަނގުރާމައާއި މެދު ދެކޭގޮތް ހިއްސާކޮށް ސުލްހައަށް ގޮވާލައްވައިފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.