ބީޖޭޕީ ލީޑަރު އަޅުކަންކުރަނީ:
ދުނިޔެ
26 Mar 2026 | 10:10
ދިއްލީ އެއާޕޯޓުގެ ނަމާދުކުރާ ކޮޓަރީގައި ބީޖޭޕީގެ ހިންދޫ ލީޑަރަކު އަޑުގަދަކޮށް އަޅުކަންކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އަންހެނުން ނަމާދުކުރާ ކޮޓަރީގެ ތެރޭގައި، ބީޖޭޕީގެ ހިންދޫތުވާ ލީޑަރު މާދަވީ ލަތާ އަޑުގަދަކޮށް ހިންދޫ ދީނުގެ މީހުންގެ ބުދުގެ ކުރިމަތީގައި ކިޔާ ދުޢާއެއް ކިޔާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަންފަށައިފިއެވެ. 

މާދަވީ ލަތާ އަމިއްލައަށް ސޯޝަލް މީޑިއާގައި ހިއްސާކުރި މި ވީޑިއޯއިން ފެންނަނީ، އެތަނުގައި ތިބި މުސްލިމް އަންހެނުންގެ ކުރިމަތީގައި ހުރެ އޭނާ "ދުރުގާ ސުކްތަމް" ކިޔަވައި އަޑުގަދަކޮށް ދުއާކުރާ މަންޒަރެވެ. މި ވީޑިއޯގެ ފްރޭމްތަކުން ބުރުގާ އަޅައިގެން ތިބި ބައެއް އަންހެނުން އެތަނުގައި ތިއްބާ ފެނެއެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ މާދަވީ ލަތާއަށް ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ނަމާދުކުރާ ކޮޓަރީގައި ހިފަހައްޓަންޖެހޭ ހިމޭންކަމުގެ އުސޫލާ އޭނާ ވަނީ ޚިލާފުވެފައެވެ. އަދި އެތަނުގައި ތިބި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަދި ބިރުގަންނާނެ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ކޮންގްރެސް ޕާޓީގެ މުހައްމަދު ވަސީމް ވަނީ މާދަވީ ލަތާއާ މެދު ފިޔަވަޅު އެޅުމަށް އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާއަށް ގޮވާލާފައެވެ. އޭނާ ވިދާޅުވީ މިއީ ގަސްތުގައި ގަވާއިދު މުގުރާލައި، އެހެން ދީންތަކުގެ މީހުންނަށް ނުތަނަވަސްކަން ކުރިމަތިކުރުވުމަށް ހިންގި އަމަލެއް ކަމަށެވެ.

މާދަވީ ލަތާއަކީ މީގެ ކުރިންވެސް މިފަދަ ގޮތަށް މުސްލިމުންނަށް ފުރައްސާރަކޮށްފައިވާ މީހެކެވެ. އެގޮތުން 2024 ވަނަ އަހަރު މިސްކިތަކާ ދިމާލަށް ދުނިދަނޑިއަކުން އިޝާރާތްކުރާ ފަދަ ހަރަކާތެއް ދެއްކުމާ ގުޅިގެންވެސް ބޮޑު ހަމަނުޖެހުމެއް އުފެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.