ފިނޭންސް މިނިސްޓްރީ
ހަބަރު
27 Mar 2026 | 14:18
ދައުލަތުގެ އާމްދަނީ އިތުރުވެ، ބަޖެޓް ސާޕްލަސްގައި

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ބަޖެޓް ބޮޑު ސާޕްލަސްއެއްގައި އޮތްކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން މާރިޗު 19ގެ ނިޔަލަށް އެކުލަވާލާފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 9.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 9.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. ޓެކްސް އާމްދަނީ 12.8 އިންސައްތަ އިތުރުވެ، 7.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ދައުލަތުގެ ޖުމްލަ އާމްދަނީގެ 82 އިންސައްތައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. ޖީ.އެސް.ޓީގެ ގޮތުގައި 4.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސްގެ އެހެނިހެން ދާއިރާތަކަށް ބަލާއިރު:

ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް: 2.2 ބިލިއަން ރުފިޔާ (24.8 އިންސައްތަ އިތުރުވުމެއް)

ކޯޕަރޭޓް އިންކަމް ޓެކްސް: 1.2 ބިލިއަން ރުފިޔާ

ގްރީން ޓެކްސް: 497.3 މިލިއަން ރުފިޔާ

އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް: 427.7 މިލިއަން ރުފިޔާ

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، 19 މާރިޗު 2026 ގެ ނިޔަލަށް ޖުމްލަ ހަރަދު ހުރީ 7.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.3 އިންސައްތައިގެ ދަށްވުމެކެވެ. ރިކަރަންޓް ހަރަދު 10.5 އިންސައްތަ އަދި ކެޕިޓަލް ހަރަދު 7.8 އިންސައްތަ ދަށްވެފައިވީ ނަމަވެސް، ނޮވެމްބަރ 2025 ގައި ފެށި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތާއެކު، މުވައްޒަފުންގެ މުސާރައަށް ކުރި ހަރަދު ވަނީ 2.7 ބިލިއަން ރުފިޔާއަށް (3.0 އިންސައްތަ) އިތުރުވެފައެވެ.

މި ތަފާސްހިސާބުތަކާއެކު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް މިހާރު ހުރީ 2.1 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 140.7 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާ 8.6 އިންސައްތަ އިތުރުވެފައިވާއިރު، ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ވެސް ވަނީ 18.0 އިންސައްތަ އިތުރުވެފައެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި މުއްދަތުގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވީ އާންމު ޖީ.އެސް.ޓީ އިންނެވެ. ނަމަވެސް، މާލީ ހިސާބުތައް މުރާޖަޢާކޮށް ނިންމާއިރު މި އަދަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.