ﷲއާބަދް ސިޓީގެ މުސްލިމް ނަން އިންޑިއާއިން ބަދަލުކޮށްފި

17 Oct 2018 | 10:14

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓުގެ ސިޓީ އެއް ކަމަށްވާ ﷲއާބާދުގެ ނަން ބައްދަލުކޮށްފިއެވެ. މިނަން ބަދަލުކޮށް މިހާރު އެ ސްޓޭޓަށް ކިޔަނީ ޕްރާޔަޖަރްޖެވެ.

ޕްރާޔަޖަރްޖް، މި ނަކަމީ ހިންދީ ދީނުގެ ފެސްޓިވް ކުމްބް މެލާއާއި ގުޅުވައިގެން ކިޔާފައިވާ ނަމެކެވެ.

އެއްމިލިއަނަށް ވުރެ ގިނަ މީހުން އުޅޭ މި ސިޓިގެ ނަން ބަދަލުކުރިކަން އިއުލާނު ކޮށްފައިވަނީ އެގައުމުގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީއިންނެވެ.

އެޕާޓީގެ މިނިސްޓަރެއް މައުލޫމާތު ދިން ގޮތުގައި މި ސިޓީގެ ނަން ބަދަލު ކޮށްފައިވަނީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރު އެކަމަށް އެދުމުން ބޭއްވުނު ކެބިނެޓު ބައްދަލުވުމެއްގަ އެކަން ފާސް ކުރެވިގެންނެވެ.

މި ސިޓީގެ ނަން ބަދަލު ކުރެވުމުން ކެބިނެޓުގެ ހުރިހާ މިނިސްޓަރުންވެސް ތިބީ ވަރަށް އުފަލުންކަމަށް މީޑިއާތަކަށް މައުލޫމާތު ދިން ބީޖޭޕީއަށް ނިސްބަތްވާ މިނިސްޓަރު ބުނެފައިވެއެވެ.

އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރް ލާލް ނެހެރޫ ނިސްބަތްވާ މި ސިޓީ އޮންނަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާއި 650 ކިލޯ މީޓަރު ދުރުގައެވެ. މި ސިޓީއަށް ﷲއާބާދް ގެ ނަމުން ނަން ދީފައިވަނީ 16 ވަނަ ގަރުނުގައި އެތާނގައި ރަސްކަންކުރި މޫގަލް މުސްލިމުންނެވެ.     

Advertisement

ކޮމެންޓް

Advertisement