ރޭގެ ޖަލްސާގައި އަލައިކާ ވާހަކަދައްކަވަނީ...
ހަބަރު
28 Mar 2026 | 12:08
ޤައުމެއްގެ ގޮތުގައި ކުރިއަރާ ދިއުމަށް އާއިލާތަކުގެ މެދުގައި ބަދަހި ގުޅުމެއް އޮތުން ވަރަށް މުހިންމު: އަލައިކާ

ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަރާ ދިއުމަށް އާއިލާތަކުގެ މަދުގައި ބަދަހި ގުޅުމެއް އޮތުން ވަރަށް މުހިންމުކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އާއިޝަތު އަލައިކާ ވިދާޅުވެއްޖެއެވެ.

އަލައިކާގެ ހުޅުމާލޭ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި އަލައިކާ ވަނީ މިކަމާ ގުޅޭގޮތުން ޕީއެންސީގެ ވެރިކަމުގައި އެކުލަވާލާފައިވާ ތަސައްވުރާ އަދި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން މިކަމުގައި ގެންގުޅުއްވާ ތަސައްވުރާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެެ.

އަލައިކާ ވިދާޅުވީ ޑަބްލިއުޑީސީގެ ރައީސާކަމުގެ މަގާމަށް ކުރާ މި ދަތުރުގެ ކެމްޕޭންގެ މައިގަނޑު ޝިއާރަކީ ބަދަހި އާއިލާ ކަމަށެވެ.

ކެމްޕެއިން ޖަގަހަ ހުޅުވުން

ގައުމެއް ބިނާކުރުމަށް ގައުމެއް ތަރައްޤީވާން އެންމެ މުހިންމު އެއްކަމަކީ އެގައުމެއްގެ ސިޓީތަކާ އާއިލާތައް ތަރައްޤީވުންކަން ފާހަގަކުރައްވަމުން އަލައިކާ ވިދާޅުވީ، އާއިލާތަކާ އެގައުމެއްގެ ސިޓީއާއި މި ސިޓީތަކާ ރަށްތަކާ ނޫނީ އަތޮޅުތައް ތަރައްޤީވުމަށްޓަކައި އެރަށެއްގެ އެސިޓީއެއްގަ ހުންނަ ކޮމިއުނިޓީތަކެއް އެބަ ތަރައްޤީވާން ޖެހޭކަމަށެވެ. އެގޮތުން އެކޮމިއުނިޓީތަކެއް ތަރައްޤީވުމަށްޓަކައި އެކޮމިއުނިޓީއެއްގަ ހުންނަ އާއިލާތަކެއް ތަރައްޤީވާން އެބަ ޖެހޭކަން އަލައިކާ ވިދާޅުވިއެވެ.

އާއިލާތަކެއް ތަރައްޤީވާނީ އާއިލާގެ ގުޅުން ބަދަހިވެގެން. އާއިލާއެއްގެ ގުޅުން ބަދަހިކުރުމަށް އެންމެ އިސް ދައުރެއް ބައްޕައެކޭ އެއްފަދައިން ނަގަނީ އަޅުގަނޑުމެން އަންހެނުން، މަންމައިން، އަނބިމީހާ، އަދި ގޭގަ އުޅޭ އެހެނިހެން އަންހެނުން. އެހެންނުންތޯ؟

އާއިޝަތު އަލައިކާ

އަލައިކާ ވިދާޅުވީ މި ތަސައްވު މިތަސައްވުރު ހާސިލު ކުރުމަށްޓަކައި އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އަދި އެންމެ އުފާވީ  އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީ ކަމުގެ މޭޔަރުކަމުގައި ހުންނެވިއިރު، އެމަގުން ކަންކަން ކުރުމަށް ޕްލޭންތައް ކޮށްފައި އޮތުމުންކަމަށެވެ. 

އަލައިކާގެ ހުޅުމާލެ ކެމްޕެއިން ޖަގަހަ ހުޅުވުން...

އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވަދުދުފުޅުތައް ހުރީ އަންހެނުންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްކަން ފާހަގަކުރައްވައި އަލައިކާ ވިދާޅުވީ، މި ބަދަހި އާއިލާގެ ޝިއާރު ހާސިލްކުރުމަށް އެންމެ ބޮޑު އަމާޒެއްކަމުގައި ހަދާނީ ދިރިއުޅޭނެ ޖާގަަތައް ފަހިކޮށްދިނުމަށް ކަމަށެވެ.

މާލެ ސިޓީގެ އާއިލާތަށް ތަހައްމަލު ކުރަމުން މިދަނީ ހަމައެކަނި ތޮއްޖެހުމެއް ނޫން. މިއީ އިންސާނީ ކަރާމަތަށް ނުފެތޭ ކުދިކުދި ގޮޅިތަކެއްގައި ބަންދުވެފައި ތިބެންޖެހޭ ޖެހުމެއް. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އަޅުގަނޑު އެންމެ ބޮޑު އަމާޒެއް މިހިފަނީ

އާއިޝަތު އަލައިކާ

އަލައިކާ ވިދާޅުވީ އޭނާގެ އަމާޒަކީ މާލޭގައި ހުރިހާ ހިސާބެއްގައިވެސް އާއިލީ މައިޒާންތަކެއް ގާއިމްކޮށްދިނުން ކަމަށާއި އަދި މިހާރު އުފައްދާފައި ހުރި ތަންތަނަކީ ސާފުތާހިރުކަމާއެކީގައި ބެލެހެއްޓޭނެ ތަންތަންކަމުގައި ހަދަން ކަމަށެވެ.

މިތަންތަނަކީ އާއިލާއާ ރަށްޓެހި ރަށްޓެހިނާ މުސްކުޅި ދުވަސްވީ މީހުންނާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެކީގައި ފަސޭހަކަމާއެކީ ހިނގާލާފަ ދެވޭނެ ފަދަ މައިޒާންތަކެއް ކަމުގައި ހަދަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.  އަދި ހަމައެއާ އެކު މަގުތަކުގެ ތަރުތީބު ބަދަލުކޮށް އާންމުންނަށް ފަސޭހަކަމާ އެކީ ހިނގާބިނގާވެ އުޅެވޭނެ ރައްކާތެރި ތަނަކަށް ހެދުމަކީ އޭނާގެ ޓީމްގެ އަމާުކަމަށް އަލައިކާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި