އެމް.އޭ.ސީ.އެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ޕީއެސްއެމްއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، ގިރާވަރުފަޅު ހިއްކަން އިތުރު ލަސްތަކެއް ނުވެ ވަރަށް އަވަހަށް ގިރާވަރުފަޅު ހިއްކާ ނިމޭނެ ކަމަށެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުރީ ސަރުކާރުން ހަވާލުވީ އިރުވެސް ފަށައިފައި ކަމަށާއި ނަމަވެސް، ގިރާވަރުފަޅު ހިއްކަން ގިނަ ވަގުތު ނަގަނީ ފުންމިނުގައި 25 މީޓަރާއި ހަމައަށް ހުރުމުން ކަމަށާއި، އަދި މިހާރު ވަނީ 15 މީޓަރު ހިއްކައިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ތަންތަނުގައި އެވެރެޖްކޮށް ހުންނަނީ ފުންމިނުގައި 2 ނުވަތަ 3 މީޓަރެވެ. އެހެންކަމުން، ގިރާވަރުފަޅުގެ ފުންމިނުގައި 25 މީޓަރާއި ހަމައަށް ހުރުމުން މަސައްކަތް އެހާ އަވަހަށް ނުކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ގިނަ ތަންތަން 2 މަސް ތެރޭގައި ހިއްކޭކަން ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މިހާރު 35 ހެކްޓަރު ބިން ފެނުން މައްޗަށް ހިއްކައި ނިންމައިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފުތާ ތެރޭގައި ގިރާވަރުފަޅުން ބޮޑުބައެއް ފެނުން މައްޗައް ނަގައި ހިއްކޭނެ ކަމަށްވެސް ޝަރީފް ވަނީ ފާހަގަކޮށްފައެވެ.
ގިރާވަރުފަޅަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކުރިއަށް ގެންދާ ބިޔަ މަޝްރޫއުއެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists