ޓްރަމްޕްއާއި ސައުދީ ވަލީ އަހުދު:
ދުނިޔެ
29 Mar 2026 | 08:04
ޓްރަމްޕް، ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް މަލާމާތްކޮށް ހަޑި ހުތުރު ބަހުން ފުރައްސާރަކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން(އެމްބީއެސް)އަށް ނިސްބަތްކޮށް ބަދުބަސް ބުނެ، ހަޑި ހުތުރު ބަހުން ފުރައްސާރަ ކޮށްފިއެވެ.

ފްލޮރިޑާގެ މިއާމީގައި ބޭއްވި 'ފިއުޗަރ އިންވެސްޓްމަންޓް އިނިޝިއޭޓިވް' (އެފް.އައި.އައި) ކޮންފަރެންސްގައި ވާހަކަދައްކަމުން ޓްރަމްޕް ވަނީ، ސައުދީ ވަލީއަހުދު މިހާރު ހުންނެވީ އެމެރިކާގެ ކުރިމަތީގައި ވަރަށް ބޮޑަށް ކުޑަކަކޫ ޖައްސަވައިގެން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކާފައެވެ.

މާރިޗު މަހުގެ 27 ވީ ހުކުރު ދުވަހު އޮތް މި ސަމިޓުގައި ”ހީ ޑިޑްނޮޓް ތިންކު ހީ ވުޑް ބީ ކިސިން މައި …“ އޭ ބުނެ އެމްބީއެސްއަށް ފުރައްސާރަ ކުރުމަށްފަހު ޓްރަމްޕް ބުނީ، އެމް.ބީ.އެސް އަށް މިހާރު މަޖުބޫރުވެފައިވަނީ އޭނާއާ މެދު ވަރަށް ރަނގަޅަށް ކަންތައް ކުރަން ކަމަށެވެ.

"އޭނާ (އެމް.ބީ.އެސް) ހިއެއް ނުކުރޭ އަހަރެންގެ ފަހަތުން މިހާ ވަރަށް އުޅެން ޖެހިދާނެ ކަމަކަށް. އޭނާ ޖެހޭނީ އަހަންނަށް ވަރަށް ހެޔޮކޮށް ކަންތައް ކުރަން. އެވާހަކަ އޭނާ ކައިރީ ބުނާތި" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އިތުރަށް ބުނި ގޮތުގައި، މީގެ އަހަރެއްހާ ދުވަސް ކުރިން ސައުދީ ވަލީއަހުދު ގަބޫލުކުރެއްވީ އެމެރިކާއަކީ "މަރުވެފައިވާ" ގައުމެއްގެ ގޮތުގައެވެ. ނަމަވެސް، ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އަނބުރާ އިއާދަވެ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމަށް ވެފައިވާ ކަމަށާއި، މި ބަދަލު އެމް.ބީ.އެސް އަށް ގަބޫލުކުރަން ދަތިވި ކަމަށް ޓްރަމްޕް ބުންޏެވެ.

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ގަލްފުގެ ގައުމުތަކުން އެމެރިކާއާ ގާތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރަމުން ޓްރަމްޕް ބުނީ، ސައުދީ ވަލީއަހުދަކީ "ވަރަށް ވިސްނުންތެރި، އެކަމަކު އާދައިގެ މިޒާޖެއްގެ ބޭފުޅެއް" ކަމަށެވެ.

އަދި އޭނާއަށް ގިނަ ލަގަބުތަކެއް ލިބިލައްވާފައި ހުރިކަން ފާހަގަކޮށް ޓްރަމްޕް ވަނީ އެކަމަށްވެސް މަލާމާތް ކޮށްފައެވެ.

"އޭނާއަކީ ވަލީއަހުދު، ބޮޑުވަޒީރު، އަދި މުސްތަގުބަލުގެ ރަސްގެފާނު. ދުނިޔޭގައި ހުރި އެހެން އެއްވެސް އިންސާނަކަށްވުރެ ގިނަ ލަގަބު އޭނާއަށް ލިބިފައިވޭ،" ޓްރަމްޕް ބުންޏެވެ.

މީގެ އިތުރުން، ފަހުގެ ރިޕޯޓްތަކުން ހާމަވާގޮތުގައި، އެމް.ބީ.އެސް ވަނީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ޓްރަމްޕަށް ބާރުއަޅުއްވާފައެވެ. އަދި އޭގައި ވާގޮތުން އެމް.ބީ.އެސް ގަބޫލުކުރައްވާ ގޮތުގައި އީރާނުގެ ސަރުކާރަކީ ގަލްފުގެ ގައުމުތަކަށް އޮތް ދާއިމީ ނުރައްކަލެކެވެ. އެހެންކަމުން، އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް އަރައި، އެ ގައުމުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ 'ޚާރްގް އައިލެންޑް' ހިފުމަށްވެސް ވަލީއަހުދު ލަފާދެއްވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.