އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އާއި، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ރައީސް ހުސައިން ޝަރީފް
ހަބަރު
29 Mar 2026 | 15:42
ބްލައިންޑް އެސޯސިއޭޝަންގެ ރައީސް ޝާހިދަށް: އަޅުގަނޑުމެން ނަމާދަށްދަނީ ލާ ހޫރެމުންނެއް ނޫން

މި ސަރުކާރަކީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވުމުން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ރައީސް ހުސައިން ޝަރީފް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީން ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މެނިފެސްޓޯއެއް ލިޔެގެން އޭގައި ކަންކަން ކުރާ ގޮތް ތަރުތީބުކޮށް، ހިސާބުކިތާބު ޖަހައިގެން ކަންކަން ކުރުން އެއީ ގައުމެއް ހިންގުން ކަމަށް މި ސަރުކާރަށް ނޭނގޭ ކަމަށާއި މި ސަރުކާރު ދަނީ ލާހޫރެމުން ކަމަށެވެ.

"ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް އަޅުގަނޑުމެންގެ މިއޮތީ. އެ ސަރުކާރަކަށް ނޭނގޭ މެނިފެސްޓޯއެއް ލިޔެގެން މެނިފެސްޓޯގައި ކަންކަން ކުރަންވާ ގޮތްތަކެއް ތަރުތީބުކޮށްގެން ހިސާބުކިތާބު ޖަހައިގެން ކަންކުރުން އެއީކަން ގައުމެއް ހިންގުމަކީ. ލާހޫރެނީ،" އޭނާ ވިދާޅުވި އެވެ.

"ކަނަކު އިޝާ ނަމާދަށް ދާއިރު، އެހެން ނަމާދަކަށް ދިއުމަށް ނުކުރާ ކޮން ކަމެއްތޯ ތަފާތުކޮށް ކުރަނީ؟ އަޅުގަނޑުމެން އިޝާ ނަމާދަށް ވިޔަސް، ނުވަތަ އެހެން ނަމާދަކަށް ވިޔަސް ދަނީ ލާ ހޫރެމުންނެއް ނޫން،" ޝާހިދުއަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ޕާޓީއެއްގެ ކޮންމެ މީހަކު ކުރި ކަމަކަށް ވީނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނިސްބަތްކޮށް ކުރާ މިފަދަ ފުރައްސާރަތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އަދި މިފަދަ ދަށު ދަރަޖައަކަށް ވިސްނުން ހުންނަނީ މިއަދުގެ ތަހުޒީބީ ދުނިޔެއަށް ލޯ ނުހުޅުވޭތީ ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، اللهގެ ރަހުމަތާއެކު މިއަދު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އިޝާ ނަމާދަށް ދަނީ އެފަދަ ފުރައްސާރަކުރާ ފަރާތްތަކަށްވުރެ މާ "ސްމާޓް" ކޮށް ކަމަށެވެ.

"اللهގެ ރަހުމަތުން ފެނުމާއި އިވުން ލިބިފައިވާ އެތައް ބަޔަކަށް، މިސްކިތްތައް ނުފެނި ބަންގީގެ އަޑު ނީވުމަކީ މާ ބޮޑު ނުކުޅެދުންތެރިކަމެއް ނޫންތޯ؟" ޝަރީފް ސުވާލު އުފެއްދެވިއެވެ.

ކޮމެންޓް
ީިިިީަަަލލ
ނަމާދަށް ނުދާމީހުންނަކަށް ނޭގޭނެ
29 Mar 2026
އިބްރާހީމް
ސާބަހޭ، އަޚް ޝަރީފް. ސިޔާސީ ނަޖިހުންގެ ނުކުޅެދުންތެރިކަން މާ ބޮޑު.
29 Mar 2026
މުހައްމަދު
ގޭގެ ކުރިމަތީގައި މިސްކިތެއް ހުރެ ފަސްވަގުތު ބަންގީގެ އަޑުން ގުގުމާލާއިރު ކޮންވަގުތަކުތޯ މިސްކިތަށް އެރުނީ ސްމާޓް ފަރިހިނގުމެއްގައި ގޮސް. މުސްލިމުނަށް ފުރައްސާރަކުރުން ހުއްޓާލާ!
29 Mar 2026
ދިރާސާ
ސިޔާސީ ކަންކަން ހާސިލު ކުރުމަށް ދީނީ ކަންކަމާ އަޅުވާ އެއްވެސް އިންސާނީ ވަންތަ ނިޢުމަތަކަށް ޖޯކެއް ނުޖެހޭނެ ޝާހިދު އެބުނި ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން އަޅުގަނޑުމެން
29 Mar 2026
ސާބަހޭ
ސާބަހޭ ޝަރީފޫ! މަވޯޓުލާނީ ކަލެއަށް!
29 Mar 2026
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި