ބީއެމްއެލްގެ 182 ހައުސިްނ ޔުނިޓްގެ އަމަލީ މަސައްކަތް ފެށުން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Mar 2026 | 21:28
ބީއެމްއެލުން ހުޅުމާލޭގައި ތަރައްޤީކުރާ 182 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހުޅުމާލޭގައި އިމާރާތްކުރުމަށް ނިންމި 182 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް މިރޭ ފަށައިފިއެވެ.

މިކަމަށްޓަކައި ހުޅުމާލެ ފޭސް އެކެއްގައި ބޭއްވި ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއާޕާސަން އަދި މެނޭޖިންގ ޑިރެކްޓަރާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރުގެ އިތުރުން ކަމާބެހޭ ފަރާތްތައް ބައިވެރިވިއެވެ.

ބީއެމްއެލްގެ 182 ހައުސިްނ ޔުނިޓްގެ އަމަލީ މަސައްކަތް ފެށުން.. ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން އިސްނަގައިގެން ސަރުކާރާ ގުޅިގެން ހިންގާ މި މަޝްރޫއަކީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ ބޭންކުގެ ހައިސިއްޔަތުން ގައުމަށް ކޮށްދޭ ނުހަނު ބޮޑު ހިދުމަތެއް ކަމަށެވެ. 

މިރޭ ބިންގާ އެޅިގެންދާ ސަތޭކަ އައްޑިހަ ދެ ހައުސިންގ ޔުނިޓުގެ ޕްރޮޖެކްޓަކީ ރޭވިފައިވާ ގޮތަށް ނިމިގެންދާނެ މަޝްރޫއެއް ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން

ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ވިސްނުމަކީ ހަމައެކަނި ވިޔަފާރިކޮށް މާލީ ގޮތުން މަންފާހޯދުން އެކަނި ނޫންކަމަށެވެ. ރައްޔިތުންގެ ލާބައަށްކުރާ މިފަދަ ކަންކަމަކީވެސް އެކުންފުނިން މިހާރު ވަރަށްބޮޑަށް އިސްކަމެއްދޭ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން. އޭގެ ބަދަލުގައި ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ޤައުމީ ބޭންކެއްގެ އެންމެ މުހިއްމު އެއް ދައުރު

ބީއެމްއެލްގެ ސީއީއޯ ޝަރީފް 

މި މަޝްރޫޢުގެ ދަށުން އަޅާ ޓަވަރުގައި ހިމެނެނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

ސަރުކާރުން ބުނީ މި މަޝްރޫޢުގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ އެންމެނަށް އަތްފޯރާފަށުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ. ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ހައުސިން ކުންފުނިން ހިންގާ މި މަޝްރޫޢު ކުރިއަށްގެންދަނީ އެފްޑަބްލިއުއާ ހަވާލުކޮށްގެންނެވެ. އެފްޑަބްލިއު ކުންފުންނަކީ މީގެކުރިން ހުޅުމާލޭގައި ކާމިޔާބުކަމާއެކު ހައުސިން ޔުނިޓްތައް އަޅާ ނިންމާފައިވާ ކުންފުންޏެކެވެ.

ސަރުކާރުން ބުނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ މި މަޝްރޫޢުގެ ސަބަބުން ދިވެހި ރައްވެހިކަން އާއުސްމިނަކަށް ވާސިލްވެ ދިވެހި މުޖުތަމައުގެ ކޮންމެ ގިންތިއެއް އަދި ފަންތިއެއްގެ ރައްޔިތުން ޝާމިލްވާނެހެން ބާރުވެރި މުޖުތަމައުއެއް ބިނާކުރެވިގެންދާނޭކަމަށެވެ. 

ބީއެމްއެލުން ވަނީ ހުޅުމާލެ ފޭސް ތިނެއްގެ އިތުރުން ވިލިމާލޭގައިވެސް ހައުސިން ޔުނިޓްތައް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތައް 2028 ގެ ކުރިން ނިމޭނޭކަމަށް އެ ބޭންކުން ޔަގީންކަން ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.