އެމްޑީޕީގެ ރައީސް ޝާހިދު
ހަބަރު
30 Mar 2026 | 13:41
ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ މީހުންގެ ކިބައިން ޝާހިދު މަޢާފަށް އެދިއްޖެ

މި ސަރުކާރަކީ ”ކަނަކު އިޝާ ނަމާދަށް ދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ“ ސަރުކާރެއް ކަމަށް ވިދާޅުވެ، ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނަަށް ފުރައްސާރަ ވެވޭ ގޮތަށް ދެކެވުނު ވާހަކަތަކަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު މަޢާފަށްއެދިވަޑައިގެންފިއެވެ. 

އެމްޑީޕީން ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މެނިފެސްޓޯއެއް ލިޔެގެން އޭގައި ކަންކަން ކުރާ ގޮތް ތަރުތީބުކޮށް، ހިސާބުކިތާބު ޖަހައިގެން ކަންކަން ކުރުން އެއީ ގައުމެއް ހިންގުން ކަމަށް މި ސަރުކާރަށް ނޭނގޭ ކަމަށާއި މި ސަރުކާރު ދަނީ ލާހޫރެމުން ކަމަށެވެ.

"ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް އަޅުގަނޑުމެންގެ މިއޮތީ. އެ ސަރުކާރަކަށް ނޭނގޭ މެނިފެސްޓޯއެއް ލިޔެގެން މެނިފެސްޓޯގައި ކަންކަން ކުރަންވާ ގޮތްތަކެއް ތަރުތީބުކޮށްގެން ހިސާބުކިތާބު ޖަހައިގެން ކަންކުރުން އެއީކަން ގައުމެއް ހިންގުމަކީ. ލާހޫރެނީ،" އޭނާ ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޝާހިދަށް އަމާޒުވެފައިވާއިރު، ލޯފަންމީހުންނާއި އެފަދަ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާގެ ރައީސްވެސް ވަނީ ޝާހިދަށް ރައްދު ދެއްވާފައެވެ. އަދި ޑިސްއެބިލިޓީ ކައުންސިލުންވެސް އެވާހަކަތައް ވަނީ ކުށްވެރިކޮށްފައެވެ.

ދެކެވުނު ވާހަކަތަކަށް މަޢާފަށްއެދެމުން ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏މިއަދުގެ ސަރުކާރުން ކަންކުރާގޮތް ސިފަކޮށްދިނުމުގެ ގޮތުން ބޭނުންކުރެއްވި ދިވެހި ބަހުގެ މަޖާޒީ މިސާލު ބަހަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރެއްވި ބަހެއް ނޫން ކަމަށެވެ.

”އެހެން ނަމަވެސް ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެމެވެ.“

‏މިއާއެކު ޝާހިދު ވަނީ ދިވެހި ބަސްފޮތުގައި ހުރެދާނެ މިފަދަ ހުރިހާ ބަސްބަހެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައި، އެކަމުގައި އެންމެހާ ފަރާތްތަކުން އޭނާއާ ބައިވެރިވުމަށް އެދިލައްވާފައެވެ. 

‏ޕޯސްޓް ނިންމަވާ ލައްވަމުންވެސް ޝާހިދުވަނީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުގެ އަރިހުން  މައާފަކަށް އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.