ކުޅުދުއްފުށީ ޖަލްސާގައި ރައީސް ސާލިހް ވާހަކަދައްކަވަނީ.. ފޮޓޯ: އެމްޑީޕީ
ހަބަރު
31 Mar 2026 | 10:32
ސަރުކާރުން އުޅެނީ ވޯޓުތައް އެއްކޮށް ރައްޔިތުންނަށް ބަސް ނުބުނެވޭގޮތް ހަދަން: ސާލިހް

ސަރުކާރުގެ ހުރިހާވެސް ވިސްނުމެއް ހުރީ އިންތިހާބުތައް އެކުއެކީ ބާއްވައި ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިއުމުގެ ބާރު ނައްތާލުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން ރޭ ކުޅުދުއްފުށީ ސިޓީގައި ބެއްވި ކުޅުދުއްފުށި ތިލަފަތަށް ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ މިސްރާބް ހުރީ ހުދުމުހުތާރު ވެރިކަމެއް ކުރުމާ ދިމާލަށްކަމަށެވެ. ފެނިގެންމިދަނީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި ގެނެސްދީފައި އޮތް ނިޒާމު މުޅިން ރޫޅާލާ މަންޒަރު ކަމަށާއި، މިކަމާ ވިސްނަންޖެހޭކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް މަސައްކަތެއް ހުރީ ރައްޔިތުން އެތައް ގުރުބާނީއެއް ވެގެން ރާއްޖެއަށް މި ގެނައި ނިޒާމް ސީދާ އަނެއްކޮޅަށް ޖަހައި ހުދުމުހުތާރު ވެރިކަމެއް ހިންގާ އުސޫލުން ވެރިކަމުގެ ނިޒާމް ކުރިއަށްގެންދަން ކަމަށެވެ.

އެމްޑީޕީ ކުޅުދުއްފުށި ޖަލްސާ.. ފޮޓޯ: އެމްޑީޕީ

ވެރިކަމާ ހަވާލުވުމަށްފަހު ކަންކަން ވަމުން އައިސްފައިވަނީ އެ ބީދައިންކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެެ.

ސަރުކާރު ވެރިކަމަށް އައީ ވައުދުފޮތަކާއި އެކީގައި ވަޑައިގެން ބޮޑެތި ވައުދުތައް ފުއްދާ ދޭނޭ ކަމުގެ އުންމީދުގައި. އެހެންނަމަވެސް މި ވޭތުވެ ދިޔަ ދެއަހަރު ތެރޭގައި، ދެއަހަރު ބައި ތެރޭގައި ގާތްގަނޑަކަށް ކަން ހިނގާ ދިޔަ ގޮތަކީ އަޅުގަނޑުމެންގެ އަމިއްލަ ސިކުނޑިން ވިސްނާލަންޖެހޭ ކަންތައްތަކެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ސޯލިހް ވިދާޅުވީ ވެރިކަމެއް ރައްޔިތުން ބަދަލު ކުރަނީ ކުރިއަށް ވުރެ ރަނގަޅު ހިދުމަތްތަކެއް ލިބޭނޭކަމުގެ އުއްމީދުގައިކަމަށެވެ. ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާ، އަމިއްލަ މުސްތަގިއްލު މުޅި ނިޒާމް އެއްކޮށް ގެނައުމުގެ މަސައްކަތްކަމަށް ފާހަގަކުރެއްވިއެވެ.

އެގޮތުްނ އޭސީސީގެ ބާރު ކަނޑުވާލައި، ޖުޑީޝަރިއަށް ނުފޫޒު ފޯރުވައި އެންމެފަހުން މަޖިލީސްވެސް މުށުތެރެއަށްލައި މެމްބަރުންގެ މިނިވަންކަން ނަގާލާފައިވާކަމަށް ތުހުމަތުކުރެއްވިއެވެ.

އަދުގެ ސަރުކާރުން އިންތިހާބުތައް އެއްކޮށްލަނީ ރަނގަޅު ނިޔަތެއްގައި ނޫންކަމަށް ރައީސް ސޯލިހް ވިދާޅުވިއިރު، މީގެ ކުރިން އެމަނިކްފާނުވެސް ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ. ރައީސް ސޯލިހްގެ އެ ވިސްނުން ބަދަލުވެފައިވަނީ އަދުގެ ސަރުކާރުން އެކަން ފެއްޓެވި ހިސާބުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.