އެމްއެންޔޫ ގްރެޖުއޭޝަން / އެމްއެންޔޫ
ހަބަރު
01 Apr 2026 | 14:16
ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ދޭ ލޯނުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފި

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން "މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭ ލޯނު އެހީގެ އުސޫލު" އާންމުކޮށްފިއެވެ.

މި އުސޫލު އާންމުކޮށްފައިވަނީ މިއަދު ހެނދުނު ގެޒެޓްގައެވެ.

މި އުސޫލަކީ ދިވެހި ސަރުކާރުގެ ޚަރަދުގައި ނުވަތަ އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރުގައި މަތީ ތައުލީމާއި ތަމްރީނު ހޯދަމުންދާ ދަރިވަރުންނަށް، ކިޔެވުން ފުރިހަމަކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. މި އުސޫލުގެ ދަށުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިއަހަރުގެ ނިޔަލަށް ހުޅުވާލާފައެވެ.

މި ލޯނު އެހީގެ ދަށުން ކަވަރުކޮށްދޭ ޚަރަދުތަކުގެ ތެރޭގައި ޓިއުޝަން ފީ، ސާވިސް ފީ، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ހިމެނެއެވެ. ލޯނު ދޫކުރުމުގައި އިސްކަންދޭނީ ކޯސް ފުރިހަމަކުރުމަށް ބާކީ އޮތް މުއްދަތަށާއި، ކޯހުގެ ފީ ދައްކާފައިވާ މިންވަރަށެވެ. މީގެ އިތުރުން، ލޯނަށް އެދޭ ދަރިވަރަކީ ދިވެހިރާއްޖޭގެ ރައްޔިތަކަށް ވާންޖެހޭނެ ކަމަށާއި، އެ ދަރިވަރަކީ ރާއްޖޭން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ޖާގަ ލިބިފައިވާ ނުވަތަ ކިޔަވަމުންދާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އާ އުސޫލުގައި ވާގޮތުން، ލޯނު އެހީގެ މިންވަރު ކަނޑައަޅާނީ ކޯސް ހިންގާ ގައުމާއި، ކޯހުގެ ބާވަތަށް ރިޢާޔަތްކޮށްގެންނެވެ. ޓިއުޝަން ފީގެ ގޮތުގައި ދޫކުރާނީ އެ ދަރިވަރަކު ކިޔަވާ ޔުނިވަރސިޓީން ނުވަތަ ކޮލެޖުން ކަނޑައަޅާފައިވާ ރަސްމީ ފީއެވެ. އަދި ދިރިއުޅުމުގެ ޚަރަދަށް ދެވޭ ސްޓައިޕެންޑް ކަނޑައަޅާނީ އެ ގައުމެއްގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބަލައި، މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކެއްގެ ތެރެއިންނެވެ.

ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ކަނޑައަޅާނީ ދޫކުރާ ލޯނުގެ ޖުމްލަ އަދަދަށް ބަލައިގެންނެވެ. އުސޫލުގައިވާ ގޮތުން، ކޯސް ނިންމުމަށްފަހު ވަޒީފާ ހޯދުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެއެވެ. ލޯނު އަނބުރާ ދައްކަން ފަށަންޖެހޭނީ މި މުއްދަތު ހަމަވުމަށްފަހުގައެވެ. އަދި ލޯނު އަނބުރާ ދައްކާ ނިންމުމަށްޓަކައި 10 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ.

މި ލޯނަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑުގެ ކޮޕީ، ކޯހަށް އެޑްމިޝަން ލިބިފައިވާކަމުގެ ލިޔުން، އަދި ކޯހުގެ ފީގެ ތަފްސީލު ހިމެނެއެވެ. މިނިސްޓްރީން އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު، ޝަރުތު ހަމަވާ ދަރިވަރުންނަށް ލޯނު ދޫކުރުމުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.