އެމްބިއުލަންސް؛ ފޮޓޯ / ޓައިމްސް އޮފް އައްޑޫ
ހަބަރު
01 Apr 2026 | 15:29
ހިލޭ އެމްބިއުލާންސް ހިދުމަތް ލިބޭ ހާލަތްތައް އިތުރުކޮށް ހިދުމަތްދޭން ފަށައިފި

އާސަންދައިގެ ދަށުން ހިލޭ އެމްބިއުލާންސްގެ ހިދުމަތް ލިބޭ ހާލަތްތައް އިތުރުކޮށް އިއްޔެ ހިދުމަތްދޭން ފަށައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ހިދުމަތް އިއްޔެ ފައްޓަވާނޭކަމަށް އިއުލާން ކުރައްވައިފައެވެ. އެ ގޮތުން، އިއްޔެއިން ފެށިގެން އެ ބަދަލަށް އަމަލުކުރުން ވަނީ ފަށައިފައެވެ.

އާސަންދައިގެ އުސޫލަށް ގެނައި އިސްލާހުގެ ދަށުން އެމްބިއުލާންސް ބޭނުންކުރެވޭނެ ހާލަތްތައް އިތުރުކޮށްފައިވާއިރު،

އެ ހާލަތްތަކަކީ:

- އިމަޖަންސީގައި ކުއްލި ހާލަތުގައި ހޮސްޕިޓަލަށް މީހުން ގެންދިއުމަށް

- މައްޔިތުން އުފުލުމަށް

- އެނދުމަތިކޮށްފައިވާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި

- ވީލްޗެއާގައި ގެންގުޅޭ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ހޮސްޕިޓިލަަށް ގެންދިއުމަށް

- އެކިކަހަލަ ޑިސްއެބިލިޓީ ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ފިޒިކަލް ޑިސްއެބިލިޓީ އާއި މެންޓަލް ޑިސްއެބިލިޓީ އަދި އޯޓިޒަމް ޑައުންސިންޑްރޯމް ފަދަ މީހުންނަށް ވެސް އައުޓްޕޭޝަންޓް ހިދުމަތަށް ހޮސްޕިޓަަލަށް ގެންދިއުމަށް

- ސިއްހީ މަރުކަޒުގައި ފަރުވާ ހޯދާ މީހުން އެހެން މަރުކަޒަކަށް ފަރުވާއަށް ގެންދަންޖެހޭ ހާލަތުގައިއާއި އިވެކުއޭޓް ކުރެވޭ ހާލަތުގައި

- ބަލި މީހާ ރާއްޖެއިން ބޭރަށް ރިފާކުރެވޭ ހާލަތުގައި އެއާޕޯޓަށް ނޫނީ ޖެޓީއަށް ގެންދިއުމަށް

- ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތަށް ގެންދެވޭ ހާލަތުގައި

ރައީސް ވަނީ އާސަންދައިން އެމްބިއުލާންސްގެ ހިދުމަތް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް އާންމުންގެ ފަރާތުން ލިބޭ ކަން ފާހަގަކުރައްވައިފައެވެ. މި ބަދަލާ އެކު ގިނަ ލުއިތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.