ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރަން ވަނީ ފަށާފައި --
ހަބަރު
01 Apr 2026 | 18:03
ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރަން ފަށައިފި، ނިމުމުން ވަރަށް ރީތި ވާނެ

ބ. ދަަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަަރައްގީ ކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ދަަރަވަންދޫ އެއާޕޯޓް ސަރަހައްދުގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. އެއާޕޯޓް ތަރައްގީކޮށް އަދި މިއަދުން ފެށިގެން ހިންގަމުން ގެންދާނީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ.

އެކަމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރަން ވަނީ ފަށާފައި --

ދަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަރައްގީކޮށް ނިމުމުން ހުންނާނެ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާލާފަ އެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ ތަރައްގީގެ މަސައްކަތް ނިމޭއިރު ޓާމިނަލް އިމާރާތް ދެ ގުނަ ބޮޑު ކުރާނެ ކަމަށެވެ. އަދި އެރައިވަލް ހޯލް ވެސް ދެ ގުނަ ބޮޑުކުރާނެ އެވެ.

މީގެ އިތުރުން ޗެކިން އޭރިޔާ ބޮޑުކޮށް ތިން ގޭޓް ތަރައްގީ ކުރާނެ އެވެ. އަދި އެއް ފަހަރާ ތިން މަތިންދާބޯޓަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާނެ އެވެ. ފެންވަރު ރަނގަޅު ލައުންޖެއް ވެސް ތަރައްގީ ކުރާނެ އެވެ.

އެންމެ ބާރުބޮޑު އެއާޕޯޓް, މިހާތަނަށް 42000 ފްލައިޓް

ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. ދަރަވަންދޫ އެއާޕޯޓަށް މިހާރުވެސް ދުވާލަކު 8 ފްލައިޓް އޮޕަރޭޓް ކުރެ އެވެ. 

ގައުމީ އެއާލައިން މޯލްޑިވިން އިން ވެސް ދުވާލަކު ހަތަރު ފްލައިޓް ބާއްވަ އެވެ. މޯލްޑިވިއަންގެ އުދުހުންތައް ވެސް އެންމެ ގިނަ ޑޮމެސްޓިކް އެއާޕޯޓަކީ ވެސް މިއީ އެވެ.

ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރަން ވަނީ ފަށާފައި --

މިހާތަނަށް ދަރަވަންދޫ އެއާޕޯޓަށް 42,000 ވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކޮށްފައިވެ އެވެ. 1.8 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. އެއާޕޯޓާއެކު 99 ވަޒީފާ ވަނީ އުފެދިފަ އެވެ.

އަތޮޅުގައި 16 ރިސޯޓް, 79 ގެސްޓް ހައުސް

މިއީ ރާއްޖޭގައި ޓޫރިޒަމް އެންމެ ފުޅާ އެއް އަތޮޅު ވެސް މެ އެވެ. މިހާރުވެސް ބ އަތޮޅުގައި 16 ރިސޯޓެއް އެބަ އޮތެވެ. އިތުރު ރިސޯޓްތައް ތަރައްގީ ކުރުމުގެ މަަސައްކަތް އެބަ ހިނގަ އެވެ.

ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރަން ވަނީ ފަށާފައި --

2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދަރަވަންދޫ އެެއާޕޯޓުން ހިދުމަތް ހޯދި 1.8 މިލިއަން ފަސިންޖަރުންގެ ތެރެއިން 70 އިންސައްތަ އަކީ ފަތުރުވެރީންނެވެ.

މީގެ އިތުރުން ބ އަތޮޅުގައި ލޯކަލް ޓޫރިޒަމް ވެސް ދަނީ ވަރަށް ބޮޑަށް ފުޅާ ވަމުންނެވެ. މިހާރުވެސް 79 ގެސްޓް ހައުސް ރަޖިސްޓްރީކޮށް ހިދުމަތް ދެމުން ދެ އެވެ. މުޅި އަތޮޅުގައި 4,600 ވުރެ ގިނަ ޓޫރިސްޓް އެނދު އެބަ ހުއްޓެވެ.

ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރަން ވަނީ ފަށާފައި --

ބ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮތްއިރު 10,000 ވުރެ ބޮޑު އާބާދީއެއް އެބަ އޮތެވެ. މުޅި ބ އަތޮޅަށް ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ފައިދާ ލިބޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.