އިންޑިއާއިން ރާއްޖެއަށް އެތެރެކުރި ފިޔާ އަދި އަލުވި ޝިޕްމަންޓެއް... ފޮޓޯ: އެމްޕީއެލް
ހަބަރު
01 Apr 2026 | 19:57
އަސާސީ މުދަލަށް އިންޑިއާއިން ހުއްދަ އާކޮށްދީފި، ކޯޓާގެ އަދަދު މާބޮޑަށްވެސް އިތުރު

ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އަވައްޓެރި އިންޑިއާއިން ދިވެހި ސަރުކާރަށް ދީފައިވާ ކޯޓާ އާކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން އާކޮށްދީފައިވާކަމަށެވެ. ހުއްދަ ދެވުނު މުދަލުގެ ތެރޭގައި އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނެއެވެ. މި މުދާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ އުސޫލެއްގެ ދަށުން، ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ބޭނުންތަކަށް ރިއާޔަތްކޮށް ކަނޑައަޅާފައިވާ ކޯޓާތަކާ އެއްގޮތަށެވެ.

އިންޑިއާ އެމްބަސީން ބުނީ މިއީ 1981 ވަނަ އަހަރަށްފަހު ރާއްޖެއަށް މިހާ ގިނަ އަދަދަކަށް އަސާސީ ބާވަތްތަކުގެ މުދާ އެތެރެކުރުމަށް ހުއްދަދިން ފުރަތަމަ ފަހަރު ކަމަށެވެ. ބަޔާނުގައި މިފަހަރު ކޯޓާ އިތުރުކޮށްދިން ބާވަތްތަކުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިމެނެއެވެ. އިންޑިއާއިން ވަނީ މި އަހަރު ހަނޑޫގެ ކޯޓާވެސް %77 އަށް އިތުރުކޮށްދީފައެވެ.

އަވައްޓެރި އިންޑިއާއިން ގެނެސްފައިހުރި ހިލަ އަދި ހިލަވެލިތަކެއް... ފޮޓޯ: ވޮއިސް

އިންޑިއާ ސަރުކާރުގެ މި ނިންމުމާއެކު، ރާއްޖެއަށް ހުއްދަދިން މި ބާވަތްތައް އެކްސްޕޯޓް ކުރުމުގައި، އިންޑިއާއިން މުދާ ބޭރުކުރުމުގައި ކުރިއަށް އޮތް ތަނުގައި ކަނޑައަޅާ އެއްވެސް ހުރަހަކުން ނުވަތަ މަނާކުރުމަކުން މި ބާވަތްތައް އިސްތިސްނާ ވެގެންދާނެއެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ އިތުރުކޮށްދީފައިމިވަނީ އިންޑިއާއިން ގެންގުޅެމުންދާ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ކަމަށް އެޤައުމުން ވަނީ ބުނެފައެވެ.

މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލުގެ ބާވަތްތައް އިންޑިއާއިން އެތެރެކުރުމުގައި އެޤައުމާއެކު މުއާމަލާތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.