އިންޑިއާ؛ ފޮޓޯ / ފިޓީ ކްލަބް
ދުނިޔެ
02 Apr 2026 | 12:06
އެންމެ ބޮޑު އާބާދީއެއް އޮންނަ، އިންޑިއާގައި ބޯހިމެނުމުގެ މަސައްކަތް ފަށައިފި

ދުނިޔޭގެ އެންމެބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި ބޯހިމެނުމުގެ މަސައްކަތް ފަށައިފިއެވެ،

އިންޑިއާގައި އެންމެފަހުން ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތީ 2021 ވަނަ އަހަރެވެ. ނަމަވެސް ކޮވިދް ބަލިމަޑުކަމާހެދި ތާރީހު ފަސްކުރީއެވެ. އެޤައުމުގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޑިޖިިޓަލްކޮށެވެ. 

އިންޑިއާގައި މިފަހަރުގެ ބޯހިމެނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ކުރިއަށްދާނީ ގޭބިސީތަކުގެ ދަފްތަރު އެކުލަވާލުމާއި ދިރިއުޅޭ ތަންތަނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތެވެ. މި މަރުހަލާ އޭޕްރީލް 1، 2026 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާއިރު، ދެވަނަ މަރުހަލާ ކަމަށްވާ މީހުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާނީ ފެބްރުއަރީ 2027 ގައެވެ.

މި ބޯހިމެނުމުގެ މަސައްކަތް ފެށިއިރު މިފަހަރު އެންމެ ހާއްސަ ކަމަކީ ބޯހިމެނުމުގެ މަސައްކަތުގައި ބޭނުންކުރުމަށް އަލަށް ތައާރަފްކުރި ޑިޖިޓަލް ނިޒާމެވެ. މައުލޫމާތު އެއްކުރުމަށް ކަރުދާސް ފޯމުގެ ބަދަލުގައި ބޭނުންކުރަނީ ހާއްސަ މޯބައިލް އެޕްލިކޭޝަނެކެވެ. މީގެ އިތުރުން، އާންމު ރައްޔިތުންނަށް އަމިއްލައަށް މައުލޫމާތު ހުށަހެޅޭ ގޮތަށް "ސެލްފް އެނިއުމަރޭޝަން" ޕޯޓަލްއެއް ވަނީ ގާއިމްކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް 16 ބަހަކުން މައުލޫމާތު ފުރިހަމަކުރުމުގެ ފުރުސަތު އޮންލައިންކޮށް ލިބިގެންދާނެއެވެ.

ބޯހިމެނުމުގެ މަސައްކަތްތައް މުޅި އިންޑިއާގެ ހުރިހާ ސްޓޭޓްތަކެއްގައި ފެށިފައިވާއިރު، ފުރަތަމަ މަރުހަލާގައި 33 ސުވާލެއް ކުރެވޭނެއެވެ. އޭގެ ތެރޭގައި ގޭގެ ހާލަތާއި، ލިބިފައިވާ އަސާސީ ހިދުމަތްތަކާއި، ގޭބިސީގައި ބޭނުންކުރާ ސާމާނުތަކާ ގުޅޭ މައުލޫމާތު ހިމެނެއެވެ. މި ބިޔަ މަސައްކަތުގައި 3 މިލިއަނަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވަމުންދާއިރު، އިންޑިއާގެ ރައީސާއި ބޮޑުވަޒީރު ވަނީ މިހާރު އަމިއްލައަށް މައުލޫމާތު ހުށަހަޅުއްވާފައެވެ.

ސަރުކާރުން ބުނެފައިވަނީ، މި މަސައްކަތަށް ޖުމްލަ 11،718 ކްރޯޑް ރުޕީސް ހަރަދުވާނެއެވެ. ބޯހިމެނުމުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމަށް ބޭނުންވާ ސައްހަ މައުލޫމާތު އެއްކުރުމެވެ. މި ފަހަރުގެ ބޯހިމެނުމުގެ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.